ޑްރީމްސްގެ އާ ވެބްސައިޓް ލޯންޗްކޮށްފިއެވެ.

އެ ވެބްސައިޓް ލޯންޗް ކުރީ މާލޭގައި ހުޅުވި ޑްރީމްސްގެ އާ އައުޓްލެޓްގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކުރިއަރާފައިވާ ދުނިޔޭގައި އިންސާނުންގެ އެންމެ ގާތް ރަހުމަތްތެރިޔަކީ އަތުގައި އޮންނަ ފޯނެވެ. މުވާސަލާތު ކުރުމާއި ފޮޓޯ ނެގުމާއި މީސްމީޑިއާ ބޭނުން ކުރުމާއި ހަބަރުދަބަރު އޮޅުންފިލުވުމުގައި ވެސް ފޯނުގެ ދައުރު އެހާ މުހިންމެެވެ. އަދި ދުވަހުގެ ކުރިއަށް އޮތް ތާވަލު އަތުރާލާ، އެލާމްކޮށްލުމަށާއި ގަޑި ބަލާލަން ވެސް ބޭނުން ކުރަނީ ހަމަ ފޯނެވެ.

އެހެންކަމުން ރަނގަޅު ފޯނެއް ގެންގުޅުމަކީ އެތައް ގޮތަކުން ލިބޭ ލުޔެކެވެ. ނަމަވެސް މާލެ ސަރަހައްދުން މި ތަކެތި ފަސޭހަކަމާ އެކު ލިބުނު ނަމަވެސް އަތޮޅުތެރޭގައި ތިބި ރައްޔިތުންނާއި ހަމައަށް މި ތަކެތި ގަތުމުގައި މިހާތަނަށް ވަނީ އެތައް ދަތިތަކެއް ކުރިމަތިވެފައެވެ.

މާލޭގައި ދިރިއުޅޭ ގާތް ތިމާގެ މީހަކަށް ނޫނީ ރަހުމަތްތެރިއަކަށް ގުޅައިގެން، ރަށު ބޯޓަކުން ރަށަށް ފުރާ މީހަކު ހޯދައިގެން ފޯނު ގަނެވުނަސް، ފޯނު ފަދަ ތަކެއްޗަކީ އިތުބާރު ކުރެވޭ މީހަކު އަތަށް ދީގެން ނޫނީ ގެންދެވޭނެ އެއްޗަކަށް ނުވުމުން، އެ ފޯނު ރަށަށް ގެނެވެންދެން ދިގު އިންތިޒާރެއް ކުރަން ޖެހެއެވެ.

ނަމަވެސް މިހާރު މިއީކީ މާބޮޑަށް ހާސްވާންވީ ކަމެއް ނޫނެވެ. ޑްރީމްސް މޮބައިލް އިން ތައާރަފްކުރި https://dreamsmobile.com/ ވެބްސައިޓަށް ޒިޔާރަތްކޮށް، ބޭނުންވާ ފޯނާއި، ފޯނާއި ގުުން ހުރި ސާމާނުތައް އޯޑަރުކޮށްލަން ނަގާނީ މިނިޓްކޮޅެކެވެ.

އެ ވެބްސައިޓުން، ކަސްޓަމަރުން ބޭނުންވާ ކޮންމެ ޕްރޮޑަކްޓެއްގެ ނަން ޖަހާލުމަށް ފަހު ޕްރޮޑެކްޓް ހޯދައި ލެވެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ ޕްރޮޑަކްޓުގެ ނަމަށް ފިއްތާލުމުން، އެ ޕްރޮޑަކްޓްގެ ހުރިހާ ތަފްސީލެއް ފެންނާނެހެން ލިޔުމުން އެނގެން ހުންނާނެއެވެ. އޭގެ ތެރޭގައި އެ ޕްރޮޑަކްޓްގެ ފީޗަތަކާއި، ލިބެން ހުރި ކުލަތަކާއި އަގު ފަދަ މައުލޫމާތު ހިމެނެއެވެ.

އަދި އެ ޕްރޮޑަކްޓެއްގެ ތަފްސީލު އެނގޭނެ ފަދަ ވީޑިއޯތައް ވެސް ވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމް "ޑްރީމްސް މޮބައިލް" އިން ވަނީ ހަމަޖައްސައިފައެވެ. އެހެންކަމުން މި ވެބްސައިޓް ބޭނުންކޮށްގެން ގޭގަ ތިބެގެން ވިއަފާރި ކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއްކަންވެސް ފާހަގަ ކޮށްލެވެއެވެ އަދި ޕްރޮޑަކްޓެއް ގަތުމުގެ ކުރިން ލައިވްކޮށް ކަސްޓަމަރަށް ޑްރީމްސް މޮބައިލް އާއި ވާހަކަ ދައްކާލެވޭނެއެވެ. ގަންނަން ބޭނުންވާ ޕްރޮޑަކްޓާ މެދު އެއްވެސް ސުވާލެއް އޮތް ނަމަ ލައިވްޗެޓް މެދުވެރިކޮށް ސާފުކޮށްލެވޭނެއެވެ.

"ޑްރީމްސް މޮބައިލް" އިން ރާއްޖޭގެ ހުރިހާ ރަށަކަށް ނުވަތަ ހުރިހާ ގެއަކަށް އެ ފިހާރައިން ވިއްކާ ތަކެތި ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭން ނިންމާފައި ވާއިރު، ޑްރީމްސްގެ މި ޚިދުމަތާއި އެކު ހާސްކަމެއް ނެތި ކުރުމުއްދަތެއްގެ ތެރޭގައި ގޭގެ ދޮރޯއްޓާ ހަމައަށް ގެނެވޭނެ މަގު މިވަނީ ފަހިވެފައެވެ.

އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި ޚިދުމަތް ލިބޭ އިރު، ޕޯސްޓް މެދުވެރިކޮށް ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމަށް "ޑްރީމްސް މޮބައިލް" އިން ވަނީ ނިންމައިފައެވެ. މިއީ ރާއްޖޭގައި މޮބައިލް ވިއްކާ ކުންފުންޏަކުން ޕޯސްޓް މެދުވެރިކޮށް މިފަދަ ޚިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމަށް ވާއިރު ޑްރީމްސްއިންދޭ ޔަގީންކަމަކީ އިތުބާރާއެކު ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެކަމުގެ ޔަގީންކަމެވެ.

"ޑްރީމްސް މޮބައިލް"ގެ ވެބްސައިޓް މެދުވެރިކޮށް އޯޑަ ކުރާ ޕްރޮޑަކްޓްތައް މާލެ ސަރަހައްދު ކަމަށްވާ ނަމަ މުޅިން ހިލޭ ގެންގޮސްދޭ އިރު، ޕްރޮޑަކްޓް ބައްލަވައިގަންނަވާތާ 30 މިނިޓާއި އެއްގަޑި އިރާ ދެމެދުގެ ވަގުތެއްގައި ކަސްޓަމަރަށް ޕްރޮޑަކްޓް ލިބޭނެއެވެ.

ޑްރީމްސް މޮބައިލްގެ ރަސްމީ ވެބްސައިޓް www.dreamsmobile.com މެދުވެރިކޮށް އެ ފިހާރައިން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓެއްވެސް ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ހުޅުވާލައިފައެވެ. ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ބޭނުންކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓް އެއްކަން ފާހަގަކޮށްލަމެވެ.

ޑްރީމްސް އިން ގަންނަ ހުރިހާ ޕްރޮޑަކްޓެއް ވެސް ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭނެއެވެ. އަދި ފައިސާ އެކައުންޓަށް ޓްރާންސްފަކޮށްގެން، ނުވަތަ އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާއިރު، ޑްރީމްސް މޮބައިލް އިން ލިބޭ ހުރިހާ ޕްރޮޑަކްޓެއްވެސް، ޑްރީމްސް މޮބައިލްގެ ވެބްސައިޓު މެދުވެރިކޮށް، އެ ފިހާރައިން ގަންނަން ލިބޭ އަގުގައި ލިބެން ހުންނާނެއެވެ.

ޑްރީމްސް މޮބައިލް އިން ވަނީ، ފްރީ ޝިޕިންގައި ކަސްޓަމަރުގެ އަތުން އެއްވެސް އަގެއް ނެގުމަކާ ނުލާ އޭނާ ބޭނުންވާ ޕްރޮޑަކްޓެއް އެ ބޭނުންވާ ގެއަކާ ހަމައަށް 7-10 ދުވަސް ތެރޭގައި ފޯރުކޮށްދޭނެ ކަމަށް ފާހަގަކޮށްފައެވެ. އަދި 80 އިންސައްތަ ރަށްރަށަށް ސްޓޭންޑާޑް ޝިޕިން މެދުވެރިކޮށް 4-7 ދުވަސް ތެރޭގައި ޕްރޮޑަކްޓް ޑެލިވަރިކޮށްދޭނެ ކަމަށާއި ޕްރިމިއަމް ޝިޕިންގައި 2-6 ދުވަސް ތެރޭގައި ޕްރޮޑަކްޓް ފޯރުކޮށްދޭނެ ކަމަށް ޑްރީމްސް އިން ބުނެއެވެ. ޑްރީމްސްގެ މި ޚިދުމަތަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ޚިދުމަތަކަށް ވެގެން ދާނެކަން ފާހަގަ ކޮށްލެވެއެވެ.