އިހުސާން ފިހާރައިގެ ކަސްޓަމަރުންނަށް "މަގޭވެސް" ނަމުގައި ލޯޔަލްޓީ ޕްރޮގްރާމެއް ތަޢާރަފްކޮށްފިއެވެ.

ޕްރޮގްރާމް އިފްތިތާހު ކުރީ އިހުސާން ފިހާރަ 3ގައެވެ. މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރުއެވެ.

މި ޕްރޮގްރާމްގެ ދަށުން ކަސްޓަމަަރުންނަށް އެތައް ފައިދާތަކެއް ލިބެން ހުންނަ އިރު މިއީ ރާއްޖޭގައި ރީޓެއިލް ފިހާރައަކުން ކަސްޓަމަރުންނަށް އަމާޒުކޮށް މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމްގެ އެންމެ ޚާއްސަ އެއްކަަމަކީ، ޕްރޮގްރާމްގެ ދަށުން ކަސްޓަމަރުންނަށް އިހުސާން ފިހާރައިގެ 4 އައުޓްލެޓްގެ އިތުރުން، މާލޭގެ ބައެއް ކެފޭ، ރެސްޓޯރެންޓްތަކުގެ ބިލަށް ވެސް ފައިސާ ދެއްކުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ.

މި ރެސްޓޯރެންޓްތަކުގެ ތެރޭގައި ހިމެނެނީ، ސަބްމޯ، ލެމަން ގްރާސް މާފަންނު، ޕީޓާޕޭން، ޓަރމިނަލް ކެފޭ އަދި ބަނބޫ ރެސްޓޯރެންޓް ހިމެނެއެވެ.

އިހުސާން ފިހާރައިގެ އެޕްލިކޭޝަން "އިހުސާން ފިހާރަ" ޑައިލޯންޑް ކުރައްވައިގެންނާއި، އިހުސާން ފިހާރައިގެ ކައުންޓަރުން މި ޕްރޮގްރާމްގައި ރެޖިސްޓަރ ކުރެވޭނެއެވެ.

މީގެ 3 އަހަރު ކުރިން ޕައިލޮޓް ކުރި މި ޕްރޮގްރާމްގައި މިހާތަނަށް އައި އިރު 7000 ކަސްޓަމަރުން ބައިވެރިވެއެވެ.

އިހުސާން ފިހާރައިގެ އައުޓްލެޓްތަކަކީ މުޅި މާލޭގައިވެސް އެންމެ އަގުހެޔޮކޮށް، އެއްތަނަކުން ތަފާތު އެކި ބާވާތުގެ ސާމާނު އެއްކޮށްލުމަށް އެންމެ ބަރާބަރު އެއްތަނެވެ. ކެއިން ބުއިމަށް ބޭނުންވާ ތަކެއްޗާއި، ސާފު ކުރަން ބޭނުންވާ ސާމާނުން ފެށިގެން ހިފާގެންގުޅޭ އެކި ކަހަލަ ސާމާނުތަކާއި، ރީތިވާ ސާމާނު ފަދަ ތަކެތި ހޯދަން އިހުސާން ފިހާރައަށް ގޮސްފި ނަމަ މާޔޫސްވާކަށް ނުޖެހޭނެއެވެ.

އަވަަހަށް ވަގުތު ސަލާމަތްކޮށްގެން ވިޔަފާރިކުރަން މިއީ ހިތްގައިމު ތަނަކަށް ވުމާއި އެކު ތަކުރާރުކޮށް އިހުސާން ފިހާރައަށް ދާ ކަސްޓަމަރުން ގިނަ އަދަދަކަށް ތިބެއެވެ. މިފަހަރު އިހުސާން ފިހާރައިން މިއޮތީ އެ ފިހާރައިގެ ހުރިހާ ކަސްޓަަމަރުން ހެއްވާލާ ފަދަ އުފާވެރި ޚަބަރެެވެ.