މި އަހަރުގެ އޮކްޓޯބަރު މަހު މީރާއަށް އާމްދަނީގެ ގޮތުގައި 390.57 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ހާމަކޮށްފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %57.9 ދަށް އަދަދެކެވެ.

މީރާއިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރުގައި ލިބިފައިވާ އާމްދަނީ
ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން
ޓޫރިޒަމް ދާއިރާގެ އިޤްތިޞާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުން ކަމަށެވެ.

މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

އެގޮތުން މިދިޔަ މަހު ޖީއެސްޓޫގެ ގޮތުގައި މީރާއަށް ލިބިފައި ވަނީ 42-247 މިލިއަން ރުފިޔާއެވެ. އިންކަމް ޓެކްސްގެ ގޮތުގައި 52.39 މިލިއަން ރުފިޔާ ލިބިފައިވާއިރު، ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ،ރެސިޑެންޓް ޕަރމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 42.56 މިލިއަން ރުފިޔާ މީރާއަށް ލިބިފައި ވެއެވެ.

މީރާއިން ބުނީ، މި އަހަރުގެ އޮކްޓޯބަރު މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 468 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.