މަދު ދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ ލޮތްބާއި އިތުބާރު ލިބިފައިވާ، "ކުކުޅު ފިހާރަ" އިން ކޮންމެ އަހަރުވެސް ކުރިއަށް ގެންދާ "އިޔާ އެންޑް ޕްރޮމޯޝަން" ގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިއަކަށް އަހުމަދު ޒޭން ހޮވިއްޖެއެވެ.

"އިޔާ އެންޑް ޕްރޮމޯޝަން" ކުރިއަށް ގެންދަނީ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ޕޭޖާގައި "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާ ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ކުކުޅު ފިހާރައިން ބުނީ، މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އިނާމަކަށް ގަސްއިންދުމަށް ބޭނުންވާ ސާމާނުގެ "ގިފްޓް ޕެކެއް" ލިބޭނެ ކަމަށެވެ.

ފިނި ކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ ކުކުޅު ފިހާރައަކީ އާއްމުންނަށް ބޭނުންވާ އެކިކަހަލަ ސާމަނު ފޯރުކޮށްދެމުން އަންނަ ގިނަ ބައެއްގެ މަގުބޫލުކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހޯދާފައިވާ ފިހާރަ އެކެވެ.

އެގޮތުން ދާދިފަހުން ގަސް އިންދުމަށް ބޭނުން ކުރާ ސާމާނާއި ގަސްވެސް ކުކުޅު ފިހާރައިން ވަނީ ލިބޭނެ މަގު ފަހިކޮށްފައެވެ.

ކުކުޅު ފިހާރައިގެ ވެބްސައިޓުން ހޯލްސޭލްކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހިލޭ ޑެލިވަރީގެ ހިދުމަތް ލިބެނެއެވެ. އަދި ވެބްސައިޓުން ތަކެތި ގަތުމަށްފަހު ޑެލިވަރީ ކޮށްދޭން ޖެހޭ ބޯޓާއި ބޯޓު ފުރާ ވަގުތު ޖެހުމުން އެ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ. ހަމައެހެންމެ 500ރ. މަތީގެ ވިޔަފާރި ކުރާ ރީޓެއިލް ކަސްޓަމަރުންނަށް ވެސް ބޭނުންވާ ބޯޓަކަށް ޑެލިވަރީ ކޮށްދޭނެއެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު