މޫސުން ގޯސްވުމާ ގުޅިގެން އަތޮޅުތަކުގައި ދުއްވާ އެމްޓީސީސީގެ ބައެއް ފެރީގެ ދަތުރުތައް ކެންސަލްކޮށްފިއެވެ.

ކެންސަލްކުރި ފެރީތަކުގެ ތެރޭގައި ހިމެނެނީ ނުވަ އަތޮޅެއްގައި ދުއްވާ އެ ކުންފުނީގެ 20 ފެރީއެކެވެ.

މޫސުން ގޯސްވުމާ ގުޅިގެން އެމްޓީސީސީން ވަނީ ފެރީ ދަތުރުތައް ލަސްވެދާނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި މިކަމުގައި ދިމާވާ ދަތިތަކަށް ކެތްތެރިވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މެދުތެރޭ އަތޮޅުތަކަށް ހުޅަގާއި ހުޅަގުއުތުރުން ގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެކެވެ.

މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ޚާއްސަކޮށް މެދުތެރޭ އަތޮޅުތަކުގައި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޣާދިރު

    ހުޅުމާލޭ މިސްކިތްތައް ސާފުކުރަން ހަވާލުވެގެން އުޅޭ ކުންފުނިން އެއްގޮތަކައްވެސް ޒިންމާ އަދާނުކުރޭ..މިދުވަސްވަރު ވަރައްހަޑި މިސްކިތު ކާޕެޓްއާ ފާހާނާ ވުލޫކުރާ ސަރަހައްދު ތައް..ގިނަ މިސްކިތައް ސާފުކުރަން ލައިފަ ތިބެނީ މުސްކުޅި އުމުރުގެ ބަންގާޅީ މީހެއް އަމިއްލައައް ކާޕެޓް ކުލީނާ ދުއްވާ ނުލެވެ. މިކަމައް ރިޕޯޓެއް ޖަހައިދީބަލަ