ކެތޭ ޕެސިފިކް އެއަރވޭސްގެ ރާއްޖޭގެ ޖެނެރަލް ސޭލް އެޖެންޓް ކަމަށްވާ އޭސް އޭވިއޭޝަންއިން އެޓީމްގެ ޓިކެޓިން އެންޑް ރިޒަވޭޒަން އެޖެންޓަކަށްވާން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އޭސް އޭވިއޭޝަން ޕުރައިވެޓް ލިމިޓެޑްއިން ބުނެފައިވާ ގޮތުގައި މިމަޤާމަށް 2 މުވައްޒިފުންނަށް ފުރުސަތު ހުޅުވާލާކަމަށެވެ. އަދި މިމަޤާމްއަށް ތިރީގައިވާާ ޝަތުރުތައް ފުރިހަމަވާ ބޭފުޅުން މި މަހުގެ 28 ގެ ކުރިން ކުރިމަތިލުމަށް އޭސް އޭވިއޭޝަންއިން ބުނެއެވެ.

ޝަރުތުތައް

  • މީހުންނާ ރަނގަޅަށް މުއާމަލާތް ކުރަން އެނގޭ މީހެއް ކަމުގައިވުން
  • ޖީސީއީ އޯލެވެލްއިން މަދުވެގެން ތިން ފާސް ހާސިލްކޮށްފައިވުން ( އިނގެރޭސި އަދި ހިސާބު ހިމެނޭ ގޮތަށް )
  • މަދުވެގެން އެއް އަހަރު ދުވަހުގެ ތަރުރިބާ ހުރުން ( އެމެޑޭސް ނުވަތަ އެނޫސްވެސް އިތުރު އެހެން ގީޑީއެސް ސިސްޓަމްއަކާ ބެހޭ މައުލުމާތު އިނގޭ ފަރާތަކަށް އިސްކަން ދެވޭނެ )
  • ރަނގަޅު އަޙްލާގެއްގެ ވެރި މީހަކަށްވުން
  • ކަންކަން ކުރަންކެރޭ އަދި އެކުގައި އުޅޭ މީހުންނާއެކު މަސައްކަތް ކުރަން އެނގޭ މީހެއް ކަމުގައިވުން
  • ކޮންޕިއުޓަރއާ ކުޅެން އިނގޭ އަދި ދިވެހި އަދި އިނގިރޭސި ފަރިތަ މީހަކަށްވުން
  • ޝިފްޓް ގަޑީގައި އަދި އިތުރު ވަގުތުގައި މަސައްކަތްކުރަން އުޒުރުވެރިވާ ފަރާތަކަށްނުވުން
  • ޖިއޮގުރަފީއާއި ބެހޭ މައުލޫމާތު ރަނގަޅަށް ދަންނަ މީހެއް ކަމުގައިވުން

ޝަތުރު ހަމަވާ ފަރާތްތަކުން އެމީހެއްގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓް، މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ސެޓްފިކެޓްގެ އިތުރުން އައިޑީ ކާޑް ކޮޕީއެއް މެއިލްގެ ޒަރިއްޔާއިން ނުވަތަ އޭސް އޭވިއޭޝަންގެ އޮފީހަށް ފޮނުއްވުމަށް އެއޭވިއޭޝައިންއިން އެދެއެވެ.

މެއިލް ކުރައްވާނީ [email protected] އަށެވެ. ހާޑް ކޮޕީ ފޮނުވާނަމަ ފޮނުވާނީ އަމީނީ މަގުގައި ހުންނަ އޭސްޓުރެވަލްގެ އޮފީސް ކަމުގައިވާ ހ.އީސްޓް ލައިޓް ގުރައުންޑް ފުލޯއަށެވެ.