ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ހޯލްސޭލް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން އެލީޓް ބޮޑީ ސްޕްރޭ ތައާރަފްކޮށްފިއެވެ.

އެލީޓް ބޮޑީ ސްޕްރޭއަކީ 150 އެމްއެލްގެ ގިނައިރު ވަސް ހުންނަ ކޮލިޓީ މޮޅު ބޮޑީ ސްޕްރޭއެކެވެ. އަދި މިބޮޑީސްޕްރޭއަކީ ޔޫރަޕިއަން ފެންވަރުގެ ސެޓިފިކޭޝަން ލިބިފައިވާ ކޮލިޓީ ފްރާންސްގެ އުފެއްދުމެކެވެ.

ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި އެލީޓް ބޮޑީސްޕްރޭއަކީ ދުނިޔޭގެ މަޝްހޫރު ސެންޓުގެ ވަސްތައް ހިމަނައިގެން ހަދާފައިވާ ސްޕްރޭއެކެވެ އަދި ދިވެހިންނާއިވަރަށް ގުޅޭނެ، މިހާރުވެސް ދިވެހިންނަށް ކަމުދާ ގިން ވަސްތައް ހިމަނައިގެން އުފައްދާފައިވާ ބޮޑީ ސްޕްރޭ ބްރޭންޑެކެވެ.


މިސްޕްރޭއަކީ ގިނަބަޔަކަށް ގަނެވޭނެހެން ހެޔޮއަގުގައި ލިބެން ހުންނާނެ ސްޕްރޭއެކެވެ. ނިއު އެޑިޝަނުން މައުލޫމާތުދޭގޮތުގައި ނިއު އެޑިޝަނުން އަބަދުވެސް ބަލާނީ އާންމުންނަށް ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކެއް ހެޔޮއަގުގައި ފޯރުކޮށްދިނުމަށެވެ. އެގޮތުގެމަތިން ޖީއެސްޓީއާއިއެކު ހޯލްސޭލްކޮށް އެލީޓް ބޮޑީ ސްޕްރޭ ފުޅިއެއް އެންމެ 28ރ އަށް ލިބިވަޑައިގަންނަވާނެއެވެ.

އެލީޓް ބޮޑީ ސްޕްރޭއާއިއެކު ރާއްޖެއަށް މުޅިން އައު ވަސްތަކެއް ބޮޑީސްޕްރޭ މާކެޓައް ތައާރަފްކޮށްފައިވެއެވެ. އަލަށް ތައާރަފްކޮށްފައިވާ މަޝްހޫރު ވަސްތަކަށް ބަލާއިރު ފާހަގަކޮށްލެވެނީ، އަރްމާނީ ކޯޑް ވުމަން، ބުލްގާރީ އަކުއާ، ކޫލް ވޯޓާ ވުމަން، ޝަނޭލް ޗާންސް އަދި އަކުއާ ޑި ޖިއޯގެ ވަސްތައް ހިމެނެއެވެ.

INTRODUCING ELITE PERFUMED BODY SPRAY FOR MEN AND WOMEN. 🔥 This is a high quality body spray that is best known for its...

Posted by New Edition on Sunday, 15 November 2020

.މި ޕްރަމޯޝަނަކީ ހޭލްސޭލް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންއެކެވެ. އެލީޓް ބޮޑީ ސްޕްރޭގެ އޯޕަނިންގް ޕްރޮމޯޝަންގައި، ހޯލްސޭލްކޮށް ކޭހެއް ބައްލަވައިގަންނަވާ ފަރާތްތަކަށް ސެނިޓައިޒާ 6ޕެކް ހިލޭ ލިބޭނެއެވެ. މިޕްރޮމޯޝަންގައި ހަދިޔާގެ ގޮތުގައި ލިބިވަޑައިގަންނަވާނީ އެފްޑީއޭގެ އެޕްރޫވްލިބިފައިވާ ފެންވަރު ރަގަޅު 250އެމްއެލްގެ ސެނިޓައިޒާ 6 ފުޅި ޕެކްއެކެވެ. އެލީޓް ބޮޑީ ސްޕްރޭ ކޭހެއްގައި 96 ފުޅި ހުރެއެވެ، އަދި ލިބިވަޑައިގަންނަވާނީ -/2688ރ އަށެވެ.

ނިއު އެޑިޝަން ހޯލްސޭލް ސެންޓަރަށް އޯޑަރުދެއްވުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ބޯޓަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފަސޭހައިން ފައިސާ ދައްކާލެވޭނެއެވެ. ނިއު އެޑިޝަން ހޯލްސޭލް ސެންޓަރު ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާގޮތަށެވެ.