ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހޮންޑާ ބްރޭންޑްގެ ސައިކަލުގެ ވިިޔަފާރި ކުރަމުން އަންނަ ޝީޝާއަށް 33 އަހަރު ފުރުމުގެ މުނާސަބަތުގައި "ތެއްތިރީސް"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

1987 ވަނަ އަހަރު ވުޖޫދުވި ޝީޝާއަކީ، ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅަކަށް ސައިކަލުގެ ވިޔަފާރިފުޅާކޮށް، އެންމެ ގާތުން އެންމެ ފަހުގެ ސައިކަލުތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އިތުބާރު ހުރި އޮޓޯމޯބައިލްސް ކުންފުންޏެވެ. އެެހެންކަމުން އެ ކުންފުނި ވެފައިވަނީ އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުންފުންޏަކަށެވެ. ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނާއި ހަމައަށް ޝީޝާގެ އައުޓްލެޓްތައް ހުޅުވާފައިވާއިރު، މިތަންތަނުން ހޮންޑާ ބްރޭންޑްގެ އެންމެ ފަހުގެ ސައިކަލު ތަކާއި، އެ ސައިކަލުތަކާއި ގުޅުން ހުރި ތަކެތި ލިބެން ހުންނާނެ އެވެ.

ޝީޝާގައި އެންމެ ފަހުގެ ސައިކަލުތައް ލިބެން ހުންނާނެ

ޝީޝާ އިން ބުނީ، އަހަރީ ދުވަހާއި ދިމާކޮށް ޝީޝާ އިން ފެށި ތެއްތިރީސް ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ސައިކަލަކުން ބޮޑެތި ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ. މި ޕްރޮމޯޝަންގައި ފުލް ޕޭމަންޓް ދައްކައިގެން އަދި އިސްލާމިކް ބޭންކް މެދުވެރިކޮށް ނެގި ކަމުގައިވިޔަސް ބޮޑެތި ޑިސްކައުންޓް ލިބިގެން ދާނެ އެވެ.

މި ޕްރޮމޯޝަންގައި ޝީޝާ އިންސްޓޯލްމެންޓްގެ ދަށުން ސައިކަލު ނަގާ ކަސްޓަމަރުންނަށް، ޑައުންޕޭމަންޓްގެ ގޮތުގައި ސައިކަލުގެ އަގުގެ 20 ޕަސެންޓް ދައްކާލުމުން އިންސްޓޯލްމެންޓް ޗާޖް ކުޑަވެގެން ދާނެ ކަމަށް ޝީޝާ އިން ބުންޏެވެ. އެހެންކަމުން ޖުމްލަ އަގުން ވަރަށް ބޮޑުއެއްޗެއް ސޭވް ވެގެން ދާނެ އެވެ.

ޝީޝާއަށް 33 އަހަރު ފުރުނުއިރު، މިއީ ރާއްޖޭގައި ހުރި ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ

ޝީޝާގެ އައުޓްލެޓްތަކުގައި މިވަގުތު ހުރި ސައިކަލުތަކަށް ބަލާއިރު، ސްކޫޕީ ކްލަބް12، ސްކޫޕީއައި ޕްރެސްޓީޖް، އެއާބްލޭޑް 2020، އެއާބްލޭޑް 2019، ޒޫމާއެކްސް، ވޭވް110އައި، ވޭވް125އައި ހިމެނެއެވެ.

ޝީޝާ އިން ބުނީ މި ޕްރޮމޯޝަންގެ މުއްދަތުގައި ވޭވް110އައި، ވޭވް125އައި ނަގަން ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އާ އިންސްޓޯލްމެންޓް ޕްލޭނެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު 36 މަހަށް ބަހާލައިގެން އިންސްޓޯލްމެންޓަށް ސައިކަލު ނެގޭ ގޮތަށް އޮތް އޮތުން، ފަސް އަހަރު ދުވަހަށް ބަހާލައިގެން އިންސްޓޯލްމެންޓްއަށް ފައިސާ ދެއްްކޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ޝީޝާއިން ސައިކަލުގެ އިތުރުން، ގުޅުން ހުރި އިތުރު ޕްރޮޑަކްޓްތައްވެސް ލިބޭނެ

ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޝީޝާގެ މި ޕްރޮމޯޝަން ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

ޝީޝާގެ އައުޓްލެޓްތައް ހިންގަމުންދާ ރަށްތަކުގެ ތެރޭގައި މާޅެ ހުޅުމާލެ، ހދ.ކުޅުދުއްފުށި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން ގދ. ތިނަދޫ، ގއ. ވިލިނގިލި، ލ.ގަން ހިމެނެއެެވެ.

ޝީޝާއަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރެވެ.