ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތައް ބައެއްގެ އިތުބާރާއި ޔަޤީންކަންލިބިފައިވާ، "ކުކުޅު ފިހާރަ" އިން ކޮންމެ އަހަރުވެސް ކުރިއަށް ގެންދާ "އިޔާ އެންޑް ޕްރޮމޯޝަން" ގެ 2 ވަނަ ހަފްތާގެ ނަސީބުވެރިއަކަށް މަރިޔަމް އިބްރާހިމް ހޮވިއްޖެއެވެ. އެ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިޔަކަށް ހޮވުނީ އަހުމަދު ޒޭންއެވެ.

ކުކުޅު ފިހާރައިން "އިޔާ އެންޑް ޕްރޮމޯޝަން"ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އަންނަ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހޭނީ ކުކުޅު ފިހާރައިގެ ޕޭޖްގައިވާ "ޝެއާ އެންޑް ވިން" ޕޯސްޓު ލައިކް ކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށްލާށެވެ.

ކުކުޅު ފިހާރައިން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް އިނާމަކަށް ގަސްއިންދުމަށް ބޭނުންވާ ސާމާނުގެ "ގިފްޓް ޕެކެއް" ލިބޭނެ އެވެ.

ކުކުޅު ފިހާރަ އަކީ އާއްމުންގެ މެދުގައި އެންމެ މަޤްބޫލް އެންމެ އިތުބާރު ހިފޭ ފިހާރަތަކުގެ ތެރޭގައި ހިމެނޭ ފިހާރައަކަށް ވާނެއެވެ. އަދި ކަސްޓަމަރުންނާއި ގާތް ގުޅުމެއް ބާއްވާ ކުކުޅު ފިހާރައަކީ ކަސްޓަމަރުން އުފާވާނެ ފަދަ އެތައް ޕްރޮމޯޝަންއެއް ކައިރި ކައިރީގައި ހިންގަމުން އަންނަ ފިހާރައެކެވެ.

ކުކުޅު ފިހާރަ"ގެ ހަ ތަނެއް ހުރެ އެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގައެވެ. ހަތަރު ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.