ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރާ މުވައްޒަފެއްގެ މައްޗަށް ފައިސާތަކެއް އޮޅުވާލައިގެން ނެގި ކަމުގެ ތުހުމަތުތަކެއް ކުރެވިގެން، މައްސަލަ ބަލަން ފުލުހަށް ހުށަހަޅައިފިއެވެ.

އެނގިފައިވާގޮތުން އެ ތުހުމަތުތައް ކުރެވެނީ އެކުންފުނީގެ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރަމުންދާ މުވައްޒަފެއްގެ މައްޗަށެވެ. އެއީ އެ ކުންފުނީގައި މަސައްކަތް ކުރާ ކޭޝިއަރެއް ކަމަށް މައުލޫމާތު ލިބެއެވެ.

މޯލްޑިވިއަންގެ މިީޑިއާ ޑިރެކްޓަރ މޫސާ ވަސީމް ވިދާޅުވީ، އެކަން މިހާރު ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، އޭނާއާ ގުޅޭގޮތުން އަޅަން ޖެހޭ، އެންމެ ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އެ މައްސަަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައެއްކަމުން، އިތުރު ތަފްސީލެއް އޭނާ ނުދެއެވެ.

އޭނާގެ މައްޗަށް ކުރެވެނީ މިލިއަނެއްހާ ރުފިޔާއަށް ހިޔާނަތްތެރިކަމުގެ ތުހުމަތެވެ. އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. އެހެންކަމުން މި މައްސަލަ ގޮސްފައި އޮތް ހިސާބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަ

    ދެން އެ ވަޒީފާ އިންޑިޔާ މީހަކައް

  2. އަހުމަދު

    ގައުމުގެ ބައިތުލް މާލް ދިރުވާލި މީހުން ކޮބާ؟ #ސަދޫމްޖަސްޓިސް