ހދ. ހަނިމާދޫގައި މުޅިން އާ ބައިނަލް އަގްވާމީ އެއާޕޯޓެއް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފަތުރުވެރިކަން ލާމަރުކަޒުކުރާއިރު، އެންމެ މުހިންމުކަމަކީ މާލެ ނޫން ސަރަހައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ.

"އެކަމަށްޓަކައި ހަނިމާދޫގައި މުޅިން އާ ބައިނަލްއަގްވާމީ އެއާޕޯޓެއް ހެދުމުގެ އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށިގެންދާނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެ މަސައްކަތް ނިމޭއިރު، ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ތިލަދުންމައްޗަށް ފައިބަން ފަށާނެ ކަމަށެވެ.

އަދި އޭގެ އިތުރުން، އަންނަ އަހަރު މ. މުލީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފަށައިގަންނާޏެ ކަމަށާއި، އެއަށްފަހު ށ.ބިލެއްފައްސާއި، ބ. އަތޮޅު ތުޅާދޫގެ އެއާޕޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ފަށައިގަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ، ތަނެއް ތަރައްގީވެ ކުރިއަރައިދިއުމަށް ބޭނުންވާ އެންމެ މުހިންމު ނިޒާމަކީ ދަތުރު ފަތުރު ކުރެވޭނެ އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ ގޮތްތަކެއް ހަމަޖެފައި އޮތުން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ މީހުން އުޅޭ ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު އަވަހަށްދެވޭ ހިސާބުގައި އެއާޕޯޓެއް އޮންނަ ގޮތަށް ވައިގެ ބަނދަރުގެ ދަތުރުތައް ވިއުގާއަކުން މުޅި ރާއްޖެ ގުޅާލުން. އަދި އެއާޕޯޓްތަކާއި ކައިރީގައި އެހެން ރަށްތަކަށް ރަނގަޅު ފެރީ ވިއުގާއަކުން ގުޅާލަދިނުން". ރައީސް ސާލިހު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާނީ އިންޑިއާގެ އެހީގައެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ޕްރޮޕޯޒަލް އަށް އިންޑިއާ އިން ފައިނޭންސް ކުރާނެ ކަމަށާއި ޕްރޮޖެކްޓު ކުރިއަށްގެންދަން ލައިން އޮފް ކްރެޑިޓުން އެހީ ދޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2013 ވަނަ އަހަރުގައެވެ. އެ އެއާޕޯޓުގައި މިހާރު އޮންނަނީ 1،220 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކަށް ވާ އިރު، ބޮޑެތި ފްލައިޓުތައް ޖެއްސުމަށް އެއަށްވުރެ ބޮޑު ރަންވޭއެއް ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަމަރޭ

    މ. މުލީ އެއަރ ޕޯޓަކީ ހުވަފެނީ އެއަރޕޯޓެއް ވީ މާ އެ އެއަރޕޯޓަށް ކިޔަންވާނީ ހުވަފެން އެއަރޕޯޓް

    13
    • ހާލަތު

      ހަނިމާދޫގަވެސް ތިޔަ މުލީގަވެސް މި ސަރުކާރުން އެއަރޕޯޓް އަޅާއިރަށް ޕީޕީކުދިން ގޮވަންފަށާނެ ޝުކުރިއްޔާ ރައީސް ޔާމީނޭ!! އެމަނިކުފާނުގެ ޕުލޭނެކޭ.. ކީއްވެބާ ބުރިޖަކީ މަޢުމޫނު އެޅި ތަނެކޭ އެކުދިން ނުކިޔަނީ؟؟ 1990 ފެށިގެން މަޢުމޫނު ބުރިޖު އަޅަން ޕުލޭނުކޮށް ވަޢުދުވޭ..

      10
  2. ހައްޤު1

    މިވަގުތު ޤައުމުގެ ދަރަނި ބޮޑުވެ އަންނަ އަހަރުގެ ބަޖެޓުން ރައްޔިތުންނަށް ދުއްތުރާޖެހޭނެ އެތަށް ކަމެއް ހިމަނައި ނުހައްގުން އެތަށްފައިސާއެއް ރައްޔިތުން އަތުން އެކި ނަންނަމުގައި ނަގަން ނިންމާފަ އޮތްއިރު، އަދި އިންޑިއާފަދަ ޗައިނާފަދަ ޤައުމުތަކަށް ބަރޯސާ ނުވާން ވެގެން އެޅި ދިވެހިންގެ ހޮސްޕިޓަލް ދަރަނި ފޫނުބެއްދިގެންނޭ ކިޔާފަ ވިއްކާލަން ނިންމި އިރު މީ ހަމަ މިފަދަ ބޭކާރު ޚަރަދު ކުރަން އެންމެ ރަނގަޅު ވަގުތު ތޯ!!!

    22
  3. ހާސަރު

    މ. މުލީ އެއަރޕޯރޓަކީ ބިލާހެއް ކަ މަށް އެ އަތޮޅު މ މީހުން ކިޔާސަބަބަކީ ކޮބާބާ؟

    13
  4. ޙިބަރު

    އިންޑިޔގެ މިލްޓަރީ އެއަރޕޯރޓެއްބާ

    21
  5. ޖެރާޑް

    މަޑިވަރު އެއަރޕޯޓް އޮޔާދިޔަޔަސް ހެޔޮދޯ.. ތިހެން ހަދަންޔާ މުޅި ޅ.އަތޮޅު މުޒާހަރާއަށް ނިކުންނަން ޖެހިދާނެ..

    20
  6. ވިސްނާލުމަށް އެދެމޭ

    އިންޓަނޭޝަނަލް އެއާރޕޯޓުއަޅަން އެއް މެ މޮޅީ އިންޑިއާގެ އާރ މީ ސިފައިންނާ ރޯގެ އެޖެންޓުން..އެހެންވެ ހަނި މާދޫގަ އިންޑިއާ ސިފައިން ގާއި މުކޮއްފަ މިއޮތީ...ހަނި މާދޫ މީހުންނަ ވަރުގަދަ ލަގާއެއް ދީފަ މިއޮތީ....ވަޒީފާގެއްލެން ގިނަ ދުވަހެއް ނުނަގާނެދެން...ފެންސްޖަހާ އެއާރޕޯޓު ބަންދުކުރު މައްފަހު އެތަނުގެ ހިދު މަތެ ނުލިބި ކިހާދުވަހަކު ހަނި މާދޫ ރައްޔިތުން ތިބެންޖެހޭނެ..ކުޅުދުއްފުށީ އެއާރޕޯޓުގެ ޓަވަރު ނުހެދުނު ބަޔަކަށް އެޅޭނެ އެއާރޕޯޓެ ނޯންނާނެ. ހޯރަފުށީ އެއާރޕޯޓުގެ ޓަވަރުހުރީ ކޮޗިންގަ ކަންނޭގެ..

    16
  7. އިނޭ އިނާޝް

    އަލިފުށީ ގަވެސް އެއަރޕޯޓެއް ނިކަން އަޅައިދީބަލަ އިބޫ....ޕުލީސް

  8. ޢައްޑޫ

    މިގާރުވެސް ދިވެހިރާއްޖޭގަ އޮތް އެންމެގިނަދުވަސްވީ އެއަޕޯޓަކީ އައްޑޫގައޮތް އެއާރޕޯޓް ނިކަން އެތަން ހިންގާފަ ދައްކަބަލަ.
    ޢެތާ އިންޓަނޭޝަނަލް ޖަހާފަ އިންނަނީ އަހަ ރުމެން ކުޑައި ރުއްސުރެން.. ..

  9. ހޮޅިމީހާ

    ހަނިމާދޫގައި ޑިވެލޮޕް ކުރަނީ ދިވެހިންގެ ޚަރަދުގައި އިންޑިޔާ ގެ މިލިޓަރީ ބޭސްއެއް. އެ ރަށުގައި، އަންނަ ރިޔާސީ އިންތިޚާބުގެ ފަހުން ދިވެހިންނެއް ނުތިބޭނެ. އެ އެއަރޕޯޓަކީ ދިވެހިން ދައްކަންޖެހޭ ލޯނެއްގެ ގޮތަށް އިންޑިޔާ ސަރުކާރުން ޚަރަދުކޮށްގެން ހަދާ ސައްތައިންސައްތަ އިންޑިޔާގެ.މިލިޓަރީ އެއަރޕޯޓެއް. ނޭނގިގެނެއް ނޫން މަޑުން ތިބީ. އިސްސަފުގައި ތިބި ބަޔަކު ޣައްދާރު ވީމާ އާއްމުންނަށް ވާނެގޮތް ވެފައި ތިބީ. އިނގިރޭސި މުޙާވަރާ އެއްގައި އޮންނަހެން، 'ކޮންމެ ކުއްތާއަކަށްވެސް، އޭގެ ދުވަސް އަންނާނެ'.

  10. ނަދާލް

    ހެޔޮ ނުވާނެ އިބްރާހީމް މުހައްމަދު ސާލިހް. ރައީސ1 ވެރިކަމުގަ 5 އަހަރު ހުއްޓަސް މި ގައުމުގައި އުޅެން އޮތް ޖީލުގެ ދުވަސް ދުއްވާނުލާ، އެވެސް ގައުމު މިއޮއް ފަގީރު ހާލާރުގަ އޮއްވާ

  11. ދަރަނި ދަންތުރަ

    ކިތައްމެ ވަރަކަށް ހިތްދަތި ވިޔަސް ރައީސް ޔާމީނުގެ 5 އަހަރު މިގައުމަށް އައި ތަރައްގީގެ ވާހަކަ ދައްކާނެ ، އެމަނިކުފާނު ތަރައްގީގެ ތަސައްވަރު ވަނީ 60 އަހަރު ދުވަހަށް ޕުލޭން ކޮށް ކިޔާދީފައި އިބޫ އެމަގުން ކުރިޔަށްދޭ ....