ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްް)ގެ ހިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

މިއަދު މެންދުރު 12:00 އިން ފެށިގެން ބީއެމްއެލްގެ ގިނަ ހިދުމަތްތަކަށް ވަނީ ބުރޫ އަރައިފައެވެ. އޭގެ ތެރޭގައި ބީއެމްއެލްގެ އިންޓަނޭޓް ބޭންކިން ހިދުމަތް ހިމެނެއެވެ.

ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބީއެމްއެލްގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން. މިކަމާއި ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދެން". ބީއެމްއެެލް އިން ކުރި ޓްވީޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު