އުފެއްދުންތެރި ހިޔާލު ހުށަހަޅައިގެން ހުޅުމާލޭ ދެވަނަ ފިޔަހީގައި ކުލި ނުދައްކާ ވިޔަފާރި ކުރެވޭނެ މުބާރާތެއް ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެެވެ.

ހެޗްޑީސީ އިން ބުނީ މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަދި އަލަށް ފަށާ ވިޔަފާރިތަކަށް އުފެއްދުންތެރި ހިޔާލު ހުށަހަޅައިގެން ހުޅުމާލެ ރަނގަޅު ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.

އަދި. މުބާރާތުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީގެން ހުޅުމާލޭ ދެވަނަ ފިޔަވަަހީގައި ތަރައްގީވުމުގެ ފުރުދަތު ދިނުން ކަމަށް އެޗްޑީސީ އިން ވަނީ ވިދާޅުވެފައެވެ.

މި މުބާރާތުގެ ހުރހާ މައުލޫމާތެއް މިހާރު އެޗްޑީސީ ވެބްސައިޓުން ލިބެން އެބަހުއްޓެވެ. މިއަދު މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތުގައި މުބާރާތް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ.

މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް އެއް އަހަރު ދުވަހަށް ކުލި ދައްކަން ނުޖެހޭ ގޮތަށް 550 އަކަފޫޓޫގެ ޖާގައެއް ދޫކުރާއިރު، ދެވަނައަށް ހޮވޭ ފަރާތަކަށް ހަމަސްދުވަހަށް ހަމަ އެ ވަރުގެ ބިމެއް ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ.

މި މުބާރާތަށް ހިޔާލު ހުށަހަޅަން ޖެހޭ ކެޓަގަރީތަކުގެ ތެރޭގައި ކާބޯތަކެތި، ފަންނު، ވެލެންސް، ވައްޓަފާޅި އަދި ހިދުމަތް މި ފަސް ކެޓަގަރ ހިމެނެއެވެ.

މި މުބާރާތަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު، ހުށަހަޅާ އެންމެ އުފެއްދުންތެރި ހިޔާލު އާންމުކުރާނީ އަންނަ މާޗު މަހުގެ ތެރޭގައި ކަމަށް އެ ކޯޕަރޭޝާނުން ވަނީ ވިދާޅުވެފައެވެ. މިހާރު މުބާރާތާއި ބެހޭ ހުރިހާ މައުލޫމާތެެއް އެޗްޑީސީ މެދުވެރިކޯށް ލިބެން ހުންނާނެ އެެވެ.

 

ކިޔުންތެރިންގެ ހިޔާލު