މޯލްޑިވިއަން އިން އަންނަ ބުރާސްފަތި ދުވަހު ހޯރަފުށި އެއަރޕޯޓަށް ކުރަން އޮތް ޝެޑިއުލް ދަތުރު ފުލްވެފައިވާ ކަމަށާއި، އެހެންވެ 28 ވަނަ ދުވަހު އިތުރު ފްލައިޓެއް ބާއްވަން ނިންމާފައިވާ ކަަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

މި ސަރުކާރުން ތަރައްގީ ކުރި ފުރަތަމަ އެއަރޕޯޓް ހޯރަފުށި އެއަރޕޯޓް ރަސްމީކޮށް ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، ހޯރަފުއްޓަށް އޮތް ޑިމާންޑް ބޮޑުވެ މި މަހުގެ 28 ވަނަ ދުވަހު އިތުރު ފްލައިޓެއް ޝެޑިއުލްކޮށްފައިވާ ކަމަށެވެ.

ކުރިން ޝެޑިއުލްކޮށްފައި އޮތްގޮތުން، މޯލްޑިވިއަން އިން އެ އެއަރޕޯޓަށް ކމި މަހު ކުރަން ހަމަޖެހިފައި ވަނީ އެންމެ ދަތުރެެކެވެ.

"26 ވަނަ ދުވަހުގެ ފްލައިޓް މިހާރު ވަނީ ފުލްވެފައި، އަދި ހޯރަފުށިން ޝެޑިއުލް ކުރި ފްލައިޓްސްވެސް ވަނީ ފުލްވެފައި". މޫސަ ވިދާޅުވިއެވެ.

މޫސަ އިއްޔެ ވިދާޅުވީ، ސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ހަފްތާއަކު ތިން ދަތުރު ބާއްވާނެ ކަމަށެވެ.

އެ އެއާޕޯޓުގައި 37،425 އަކަ މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި މަޝްރޫއުގެ ތެރެެއިން 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އަޅާފައިވާއިރު، ޓާމިނަލްގެ ކުރިމަތީ ސަވިސް ރޯޑު ގާއިމްކޮށްފައި ވެއެވެ. އަދި ޕަސެންޖަ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިން އިމާރާތެއް ވެސް ގާއިމްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހީވޭ

    ކުޅުދުއްފުއްޓަށް ކިތަންމެ ޑިމާންޑު ބޮޑުވިޔަސް ފުލައިޓް އިތުރު ނުކުރާތި އެތަން ތރައްގީވެދާނެ

    8
    4
    • އ . ޖ . އ

      އެތަން ތަރައްގީއެއް ނުވެޔޭ އެއްގޮތަކަސް

    • ނައިކީ

      ހަނިމާދޫއާ މާ ގާތްވީމަ ކޮން ޑިމާންޑެއް އޮންނާނި ތިތަނަށް؟؟ ގިނަ ފުލައިޓްތައް ނުވެސްފުރޭ

  2. ހެޕީ

    މި ސަރުކާރު ފުރަތަމަ އެއާޕޯޓު؟. ޜައީސް އާމީން ފެއްޓވި މަޟްރޫއެއް މީ.

    6
    2