ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ފުޅާކޮށްފައިވާ ރެއިންބޯއިން، އެ ކުންފުނިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ، އަހަރު ނިންމާ ސޭލް ފަށައިފިއެވެ.

ރެއިންބޯގެ އަހަރު ނިންމާ ސޭލް ފަށާފައި ވަނީ މިއަދު އެވެ.

އެ ކުންފުނިން ބުނީ، މި ސޭލް ރެއިންބޯ އިޔަރ އެންޑް ސޭލްއަކީ ރެއިންބޯ އެންޓަރޕްރައިސަސްގެ ފަރާތުން ހިންގާ ރެއިންބޯ ލިވިންގް މޯލް، ރެއިންބޯ ބިލްޑްވެއަރ، ރެއިންބޯ ޝޮޕް، ރެއިންބޯ ތިނަދޫ، ރެއިންބޯ އޮފީސް ސިސްޓަމް، ރެއިންބޯ އައްޑޫ އަދި ރެއިންބޯ އޮންލައިން ސްޓޯރގައި މިއަދުން ފެށިގެން 31 ޖެނުއަރީ 2021 އާއި ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

RAINBOW YEAR END SALE 2020 starts today!!!

Amazing & Exciting offers all through the sale period, 25th November till...

Posted by Rainbow Enterprises on Tuesday, 24 November 2020

 

އެގޮތުން، މި ސޭލްގައި 500ރ އިން ފެށިގެން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިގެންދާނެ އެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އައިފޯން 12 ޕްރޯ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ،

އެ ކުންފުނިން ބުނީ، ސޭލްގެ ގުރުއަތު ނެގުން އޮންނާނީ 27 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 9:00ގައި ރެއިންބޯ ލިވިންގް މޯލްގައި ކަމަށެވެ.

އަދި އިތުރު މައުލޫމާތު ހޯދުމަށް ރެއިންބޯގެ އޮފިޝަލް ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.