ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެ އަށް ލިބިއްޖެއެވެ.
މިއީ މި އެވޯޑު ރާއްޖެ އިން ހޯދި ފުރަތަމަ ފަހަރެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފްވެރި އެވޯޑު ރާއްޖެ އަށް ލިބިފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020ގެ ގްރޭންޑް ފިނާލޭ ހަފްލާގައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިން ހޯދި އެންމެ ބޮޑު އެއް އެވޯޑެވެ.
Very happy that Maldives won the World’s Leading Destination at this year’s #WorldTravelAwards. Despite COVID-19, the award is the result of the hard work of the entire tourism industry to make Maldives safe and welcoming to visitors. My heartfelt congratulations to all.
— Ibrahim Mohamed Solih (@ibusolih) November 28, 2020
މި އެވޯޑް ލިބުމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެވޯޑު ރާއްޖެ އަށް ލިބުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހާމަވި ކަމެއް ކަމަށެވެ. މި އެވޯޑު ލިބުމުން އުފާ ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވައިފައެވެ.
މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގައި ފަތުރުވެރިކަމަށް މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ. އޭގެތެރޭގައި ގްރީސް، މެލޭޝިއާ، ނިއުޒިލެންޑް، އެމެރިކާ، އިންޑިއާ، ސްޕެއިން، ދުބާއީ، ސްރީ ލަންކާ ފަދަ ގައުމުތައް ހިމެނެއެވެ.
ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ލިބުނު އިތުރު އެވޯޑުތައް
- ވޯލްޑް ލީޑިން ނިއު ރިޒޯޓް: އެމެރަލްޑް މޯލްޑިވްސް
- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިޒޯޓް: ވޯއްމުލި
- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް: ބަރޮސް މޯލްޑިވްސް
- ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: ފޯ ސީޒަންސް އެޓް ކުޑަހުރާ
- ވޯލްޑް ލީޑިން ސީ ޕްލޭން އޮޕަރޭޓާ: ޓީއެމްއޭ
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލެ އައިލެންޑް ހޮޓެލް
ރާއްޖެއިން ވަނީ މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ހިމެނެއެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.
އޭ އުފާ ވާނެކަމެއް ނެތް އެ އީ މިދިޔަ ދެ އަހަރައް ބަލާފަ ދިން އެއްޗެއް ނޫން
ދެން 1995 އަކަށް ބަލާފަ ދިން އެއްޗެއްތަ އެއީ.. ކަލޯ ޕީޕީ ގޮލައެއް ދޯ ތީ
ޢެހެންވެ ދޯ ރިސޯޓުއެންމެން މިއަދު ގޭގަ ތިބެން މިޖެހުނީ.
ދުނިޔެ އެފުށް މިފުށަށް ޖެހޭ އިރުވެސް ރިޒޯޓު އެންމެން ރިޒޯޓުގައިތަ ތިބެންވީ؟
މިނާވަތުގެ ކަންތައްތަކުން ޖެހޭނީ ދިވެއްސަކަށްވީތީ އުފާކުރަން