ޓްރާންސްފޯޓް އޮތޯރިޓީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގައި މިރެއިން ފެށިގެން ކިއު ހަދަން ނުޖެހޭނެ ކަމަށާއި، ހިދުމަތްދެމުން ދާނީ ޓޯކެން ނަމްބަރުތައް ނަގަމުންދާ ފަރާތްތަކަށްކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ މުހައްމަދު ވިދާޅުވީ، މިއަދު ޓޯކެން ދޫނުކުރާނެ ކަމަށެވެ. އަދި އެއްވެސް ކިއުއެއް ހަދަން ނުޖެހޭނެ ކަަމަށާއި، ކިއު ހެދި ކަމުގައި ވިޔަސް ޓޯކެން ނަމްބަރު ދޫ ނުކުރާނެ ކަމަށެވެ.

"މިރޭ އަޅުގަނޑުމެން ހިދުމަތްދޭނީ ރޭގެ ނެގި ޓޯކެން ނަމްބަރުތައް. އެއީ 500 އަށްވުރެ ގިނަ ޓޯކެން އެބަހުރި ހިދުމަތް ނުދެވި. އެހެންވީމަ އެ ޓޯކެންތަކަށް އެކަނި މިއަދު ހިދުމަތް ދޭނީ" އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

އަބްދުﷲ މުހައްމަދު ވިދާޅުވީ، އެ މިނިސްޓްރީން ނިންމާފައިވަނީ ދުވާލު ގަޑީ ޓޯކެން ނަމްބަރުތައް ދޫކުރާ ގޮތަށް ކަމަށެެވެ. އަދި އެ ޓޯކެން ނަމްބަރުތައް ދޫކުރާނެ ތަނާއި ގަޑި ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެ ޓޯކެން ދޫކުރާއިރުގައި މި ޕްރޮގްރާމްގައި ބައިވެރިވާ ފޯމާއި ލައިސެންސް ފޯމާއިއެއްކޮށް އަޅުގަނޑުމެން ދޫކުރާނެ. އެހެންވީމަ ދެން ކޮންމެ ރެއަކު 9:00 އިން 12:00 އަށް އަންނަން ޖެހޭނީ ޓޯކެން ލިބޭ ފަރާތްތައް އެކަނި".އަބްދުﷲ މުހައްމަދު ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށަރިގު

    ކޮންމެ ވޯޓު ދޭ ފުރައިގެ މީހެއްގެ އަތުގަ ލައިސަނަސް ޓު ގެޓް ޔޯސެލްފް ކިލްޑް

  2. ތިމަންނަ

    ރާއްޖޭގެ ތަރައްގީގެ ސްޕީޑް މިދާވަރަށް ދަނީނަމަ، ކުއްޖަކު ދުނިޔެއަށް އުފަންވީމާ ވެކްސިންކާޑް ހަދާގޮތަށް ޑްރައިވިން ކާޑުވެސް އަދި ހެދިގެން ދާނެ...