ރާއްޖޭގައި ފުޅާދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލްކޮށް ވިޔާފާރި ކުރަމުން އަންނަ އިކުއިކްސް އިން ހޮލިޑޭ ޝޮޕިން ސްޕްރީގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޑިސެމްބަރު އެއް ވަނަ ދުވަން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް އިކުއިކްސް އަދި އިކުއިކްސް އެކްސްޕްރެސްގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ދެ ފިހާރައިން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތައް ލިބޭނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މާފަންނު އައިޖީއެމް ކުރިމަތީ ގޯޅީގައި އާއި ޖަނަވަރީ މަގުގައި އެ ކުންފުނިން ހިންގާ ދެ ފިހާރައިންވެސް 200 ރުފިޔާގެ ވިޔަފާރިއެއް ކުރުމުން ގުރުވަތުލުމުގައި ބައިވެރިވުމަށް ކޫޕަނެއް ދޫކުރާނެއެވެ.

އެ ކޫޕަން ފުރިހަމަ ކުރުމަށް ފަހު ލާން ޖެހޭނީ ފިހާރައިގައި ބެހެއްޓިފައި ހުރި ފޮއްޓަށެވެ.

ކޫޕަންގެ ގުރުވަތު ނެގުމަށްފަހު އިނާމުލިބޭ ފަރާތްތަކުން އިއުލާނު ކުރަަންދެން ކޫޕަންގެ ޑުރޯ ކޮޅު ކަސްޓަމަރުގެ އަތުގައި ބާއްވަން ޖެހޭނެއެވެ.

އިކުއިކްސް އިން ބުނީ އިނާމުލިބޭ ފަރާތްތަށް ހޮވުމަށް ގުރުވަތުނެގުން އޮންނާނީ 5 ޖެނުއަރީ 2021ވާ އަންގާރަ ދުވަހު، އިކުއިކްސް ފިހާރައިގައި ކަމަށެވެ. އަދި ގުރުވަތުން ހޮވޭ ފަރާތުގެ ނަން އިއުލާން ކުރުން ވީޓީވީ އިން ވަގުތުން ދައްކާނެ ކަމަށާއި، އަދި އޭގެ އިތުރުން އިކުއިކްސްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންވެސް ނަތީޖާ ފެންނަން ހުންނާނެ ކަމަށް ބުނެފައި ވެއެވެ.