މުޅި ރާއްޖެއިން އުރީދޫގެ ހިދުމަތަށް ބުރޫ އަރައިފި އެވެ.

އޫރިދޫ އިން ދެންމެ ކުރި ޓްވީޓެއްގައި ވަނީ މުޅި ރާއްޖޭގައި ވެސް އެ ކުންފުނިން ފޯރުކޮށްދެމުންދާ މޯބައިލް އަދި އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫއު އަރާފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ.

ދިމާވެފައިވާ ޓެކްނިކަލް މައްސަލަ ހައްލު ކުރުމަށް ކުންފުނީގެ އިންޖީނިއަރިން ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށް ޓްވީޓްގައިވެއެވެ. ވީހާވެސް އަވަހަށް އެ މައްސަލަ ހައްލުކޮށް ދަތި ކަމެއް ނެތި ހިދުމަތްތައް ލިބޭނެ ގޮތް ވުމަށް މަސައްކަތް ިުކުރަމުންެދާ ކަމަށް ވެސް ޓްވީޓްގައިވެއެވެ.

"މި ވަގުތަށް ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް މައާފަށް އެދެން،" އޫރީދުގެ ޓްވީޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާސްޓަރ

    މާފަށްްއެދެން. ޢެ ނިމުނީ.

    8
    1
  2. ށހަ

    ހަމަ ވާ ވަރު ގަދަ ކޮށްލަންމި ތިޔަށް ބަދަލުވީ. ވަރަށް ދެރަދެން

    2
    1
  3. ހުމް

    މަ ހީކުރީ މަގޭ ފޯނު މައްސަލައެއް ކަމަށް ... ސަހަރޯ... ކިރިޔާއެއްނު މި ސަލާމަތްވީ

    2
    1