ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ އިކުއިކްސް ޕްރައިވެޓް ލިމިޓެޑްގެ ފިހާރައެއް ކަމަށްވާ އިކުއިކްސް އެކްސްޕްރެސްގެ ފުރަތަމަ ފަންގިފިލާ ބަދިގެއަށް ބޭނުންވާ ސާމާނަށް ހާއްސަކޮށްގެން ހުޅުވައިފިއެވެ.

ގިނަ ސާމާނުތައް ލިބެން ހުންނަ އިކުއިކްސް އެކްސްޕްރެސް ހުންނަނީ މާފަންނު މުރަނގަ މަގުގައެވެ. އެތަނުން ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި ތެލިސެޓާއި، ރައިސްކުކަރާއި، ޕޮރެޝަރ ކުކަރ ފަދަ ތަކެތި ހިމެނެއެވެ.

މީގެ އިތުރުން، އެފިހާރައިން ގޭތެރެ ސާފުކުރުމަށް ބޭނުންވާ ގިނަވައްތަރު ތަކެއްގެ ސާމާނު ލިބެން އެބަ ހުއްޓެވެ. އޭގެ ތެރޭގައި މޮޕާއި، ކުނިކަހާ ފިހިގަނޑާއި އަދި ޑިޓާޖެންޓް ޕައުޑާ، ފޮލޯ ކްލީނާއި، އޭގެ އިތުރުން އެކި ވައްތަރުތަކުގެ ސާމާނު ލިބެން ހުންނާނެއެވެ.

މިތަކެތީގެ އިތުރުން ދެންލިބެން ހުންނަ ތަކެތީގެ ތެރޭގައި ފާހަނައަށް ބޭނުންވާ ސާމާނާއި ކާމޭޒުމައްޗަށް ބޭނުންވާ ސާމާނު ހިމެނެއެވެ. އެގޮތުން އެކިވައްތަރުތަކުގެ ތުވާއަޔާއި ފާހަނައަށް ބޭނުންވާ އިތުރު ވައްތަރުތަކުގެ ޕްރޮޑަކްޓްތަކާއި އަދި ކާމޭޒުމައްޗަށް ބޭނުންވާ ތައްޓާއި ކަޓްލަރީސްގެ އެކިވައްތަރުތައް އިކުއިކްސް އެކްސްޕްރެސްއިން ލިބެން ހުންނާނެއެވެ.

މުޅިން އާ ވައްތަރުތަކެއްގެ ސާމާނުތައް ލިބެން ހުންނަ އިކުއިކްސް އެކްސްޕްރެސް ހުންނަނީ މާފަންނު މުރަނގަ މަގުގައެވެ.