ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީ ކުރަން ފެށި ބޮޑު މަޝްރޫއުގައި ހިމެނޭ އާސީޕްލޭން ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިމެން ކައިރިވެފައިވާ ކަމަށް އެމަސައްކަތް ކުރާ ޗައިނާގެ ބީޔޫސީޖޭ އާއި ހަވާލާދީ ޗައިނާގެ މީޑިއާތަކުން ބުނެފިއެވެ.

ޓާމިނަލްގެ މަސައްކަތް ނިންމާ މިއަހަރުގެ މެއި މަހު ޓާމިނަލް ހުޅުވަން ކުރިން ރޭވިފައި އޮތީ މެއި މަހުއެވެ. ނަމަވެސް ބީޔޫސީޖޭ އިން ބުނީ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމާލަން ކޮވިޑް-19 އާއި ގުޅިގެން ހުރަސްތައް ކުރިމަތިވި ކަމަށެވެ. އެހެންކަމުން ކުރިން ރޭވިފައި އޮތް ގޮތައް މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

"ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވި ދަތިތަކާއި އެކުވެސް މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް އެއްކޮށް ނިންމާލެވޭނެ." ބީޔޫސީޖީ އިން ބުންޏެވެ.

އެމްއޭސީއެލުން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީކުރި އާ ސީޕްލޭން ޓާމިނަލް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ދިގު މުއްދަތަކަށް ޓީއެމްއޭ އަށް ދޭން އުޅުނު މައްސަލަ މިއަހަރުގެ ފެބްރުއަރީ މަހު ބޮޑުވިއެވެ. މައްސަލަ ބޮޑުވުމުން އެންމެ ފަހުން ނިންމީ ދެއަހަރު ދުވަހަށް ޓީއެމްއޭއަށް ޓާމިނަލްގެ ބޮޑު ބައެއް ދިނުމަށެވެ. ނަމަވެސް ބާކީ ބައިތައް ކުއްޔަށް ދިނުމަށް މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ޖީއެމްއާރަށް 35 އަހަރަށް އެއާޕޯޓު ކުއްޔަށް ދިން އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދެއްކުމަށް ފަހު އެއާޕޯޓްގައި ވަނީ ގިނަ މަޝްރޫއުތަކެއް ފަށާފައެވެ. އޭގެތެރެއިން އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ބޮޑުބައެއް ނުނިމި އޮތީ ހަމައެކަނި އާޓާމިނަލްގެ މަސައްކަތެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު އާޓާމިނަލްގެ މަސައްކަތައް ބޭނުންވާ ފައިސާ ހަމަޖައްސާ ކޮންޓެކްޓްގައި އޮތީ ސޮއި ވެސް ކޮށްފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ އެންމެ ބޮޑެތި ފްލައިޓްތައް ޖެއްސޭވަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އާރަންވޭއެއް ވެސް އަޅާފައެވެ. އެރަންވޭ ހުޅުވާ ފްލައިޓެއް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޖެއްސިއެވެ. ނަމަވެސް އަދިވެސް އާއްމުކޮށް ރަންވޭ ބޭނުން ކުރަން ނުފަށައެވެ. އެއާޕޯޓްގައި ރައީސް ޔާމީންގެ ސަރުކާރުން ބިނާކުރަން ފެށި އާވީއައިޕީ ޓާމިނަލްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމެން ކައިރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޚިބަރު

    ސާބަސް ރައީސް ޔާމީން މިގައުމައް ކޮއްދެވި އަގުހުރި މަސއްކަތް ތަކަށް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަޅުގަނޑުމެން ބޭނުންވަނީ އިންޝާ ﷲ ވ އަވަހަށް އެމަނިކުފާނު މިނިވަންވުން

    • ޙައްގުބަސް

      ހުޅުލެ އެއަރޕޯޓްގައި ކުރާ ބޮޑެތި ހުރިހާ މަސައްކަތެއް އެކުރަނީ ޔާމީންގެ ސަރުކާރުން ހަވާލުކޮށްގެން!! އާ ކޯޑް އެފްގެ ރަންވޭ!! އާ ދެ ފަންގިފިލާގެ ޕަސިންޖަރ ޓާމިނަލް!! އާ ހަތަރު ފަންގިފިލާގެ ސީޕްލޭން ޓާމިނަލް!! އާ ކާގޯ ވެއަރ ހައުސް!! އާ އޮޓަމެޓިކް ފިއުލް ސިސްޓަމް! އާ ހަތަރު ފަންގިފިލާގެ ވީވީއައިޕީ އިމާރާތް!! މިއީ ޔާމީން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 900 މިލިއަނެއްހާ ޑޮރަލުން ހުޅުލެ އެއާ ޕޯޓްގައި ކުރަމުން އަންނަ މަސައްކަތްތައް!! ޔާމީން ސަރުކާރުގެ ފަހު އަހަރު މިސައްކަތްތަކުގެ ތެރެއިން އާ ރަންވޭ ވަނީ ހުޅުވާލާފަ!! ދެން ހުރި މަސައްކަތްތައް އަންނަނީ ކުރަމުން!! މިސަރުކާރު އައިސް ޓާމިނަލްގެ މަސައްކަތް ކުރަމުންދަނިކޮށް (ބައެއް ކޮން ކުރީޓް ތަނބުތައްޖަހާ ހަދާފައިވަނިކޮށް) މަސައްކަތް މަޑުޖައްސުވާލި!! ނަމަވެސް 6 ވަރަކަށް މަސްފަހުން އަނެއްކާވެސް މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދިނީ އާ އެެއްބަސްވުމެއް ހަދައިގެން!! އެކަން ކުރީ ތިމަންމެން އެޅި ޓާމިނަލް އެކޭ ބުނަންވެގެން!! ހެހެ!! އެކަމަކު ބިންލާދިން ގުރޫޕާ ހަވާލުކޮށް ފްރާންސްގެ އާކިޓެކްޓަރުން ލައްވާ އެއަރޕޯޓުގެ ޓާމިނަލް ކުރަހުވާ މަސައްލަތް ކުރަމުން ދަނިކޮށް މިސަކަރާތެއް މި ނާގާބިލް ސަރުކާރުން ޖެހީ!! ހީހީ ހަމަ ހަލާކު!!

  2. ޛު

    ކޮންތާކު.! ކުރީސަރުކާރަކުން ނުމުރޭ އެއަޜޕޯޓަށް އެއްވެސް ކަމެއް...ހުރިހާ ކަމެއް މިކުރަނީ މިސަރުކާރުން...ބަލައްޗޭ މިހުރިހާ ތަނެއް ހުޅުވާ ދުވަހު ދައްކާ ވާހަކަ...ކުރެހުމެއްވެސް ނެތިޔޯ ޕްރޮޖެކްޓް ހިންގީ...މިހާރު ސީ އަމިއްލަ ފުޅަށް ކުރައްސަވައިގެން ތިހުރިހާ ތަނެއް ތިހަދަނީ...މޮޅޭދޯ...ހައްހައް..