ބްރޭންޑަޑް ​ޕަރފިއުމް އަދި ކޮސްމެޓިކްސް ވިޔަފާރީގައި ޒުވާނުންގެ މެދުގައި މަޤްބޫލްކަން ހޯދަމުން އަންނަ މޯޑަރންގެ 2020 ވަނަ އަހަރުގެ އަހަރީ ޕްރޮމޯޝަން ފަށައިފިއެވެ.

މޮޑަރންގެ ޑިރެކްޓަރ އިބްރާހިމް އިސްމާއިލް މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮމޯޝަންއަކީ 01 ޑިސެމްބަރ 2020 އިން 31 ޖަނަވަރީ 2021 ގެ ނިޔަލަށް ބޮޑެތި ޑިސްކައުންޓްތަކާއި އެހެނިހެން އޮފަރތަކާއި އެކު ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

އެގޮތުން %30 އާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ކުރައްވާ ކޮންމެ 500 ރުފިޔާގެ ވިޔާފާރިއަކަށް ލަކީޑްރޯ ކޫޕަނެއް ލިބިލައްވާނެ ކަމަށާއި އަދި ޕްރޯމަޝަން ނިމުމުން މި ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގި 01 ވަނަ އަށް ހޮވި ވަޑައިގަންނަވާ ފަރާތަކަށް 2500ރ، 02 ވަނަ އަށް 1500ރ އަދި 03 ވަނަ އަށް ހޮވި ވަޑައިގަންނަވާ ފަރާތަކަށް 1000ރ ގެ ގިފްޓް ވައުޗަރ އެއް ލިބިލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މޮޑަރންގެ ފަރާތުން ވިއްކާ ބޮޑީ ސްޕްރޭގެ 03 ފުޅި ބައްލަވައި ގަތުމުން 01 ފުޅި ހިލޭ ލިބިލައްވާ ޕްރޮމޯޝަނަކާއި އަދި މޮޑަރންގެ ފަރާތުން ވިއްކާ G2000 ބްރޭންޑްގެ ތަކެއްޗަށް %10 ގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ކުރިއަށްދާނެ އެވެ.

މި ކަންތައްތަކުގެ އިތުރުން މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ކޮންމެ ހުކުރު ދުވަހަކަށް ޙާއްސަ ކޮށްގެން ކޮންމެވެސް 01 ޕާރފިއުމަކުން %40 ގެ ޑިސްކައުންޓް ލިބިލައްވާނެކަން އިބްރާހިމް ފާހަގަ ކުރެއްވިއެވެ.

މޮޑަރންގެ ފިހާރައިން ވިޔާފާރި ކުރައްވާ ބޭފުޅުންގެ އިތުރުން އޮންލައިންކޮށް ވިޔަފާރި ކުރައްވާ ބޭފުޅުންނަށްވެސް މި ފްރޮމޯޝަންގައި ބައިވެރިވަޑައިގަނެވޭނެ ކަމަށާއި އަދި ޕްރޮމޯޝަންގައިވެސް މޮޑަރންއިން ޑެލިވަރީގެ ޚިދުމާތާއި ގިފްޓްރެޕް ކުރުމާއި އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ އީޓުކުރި ޕްލެޓްފޯރމް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޙިދްމަތްވެސް ފޯރުކޮށްދެއްވާނެ ކަމަށް މޮޑަރންއިން މަޢުލޫމާތު ދެއްވައެވެ.

މޮޑަރންއަކީ 2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބްރޭންޑަޑް ޕާރފިއުމް އަދި ކޮސްމެޓިކްސް ވިޔަފާރި އޮންލައިންކޮށް ކުރަމުން އަންނަ ކުންފުންޏެކެވެ. ކަސްޓަމަރުންނާއި ގާތުން ޚިދްމަތްފޯރުކޮށްދިނުމަށްޓަކައި މޮޑަރންއިން ވަނީ 28 އޮގަސްޓް 2020 ވަނަ ދުވަހު އެކުންފުވީގެ ފުރަތަމަ ފިހާރަ މާލެ ސިޓީގައި ހުޅުވާފައިއެވެ.

މި ފިހާރައިން، ބްރޭންޑަޑް ޕާރފިއުމް، ޕާރފިއުމް ގިފްޓް ސެޓް، ޕާރފިއުމް މިސްޓް، ބޮޑީ ސްޕްރޭ، ސްކިން ކެއަރ ޕްރޮޑަކްޓްސްގެ އިތުރުން ފިރިހެން ބޭފުޅުންގެ އޮފީސް ވެއަރ ވެސް ލިބެން ހުންނާނެއެވެ. މޮޑަރންގެ ފިހާރަ ހުންނަނީ ހުސްނުހީނާމަގުގެ ގ.ރަތްބަގީޗާގޭގައެވެ.