(އައްޑޫ ސިޓީ މީދޫ) ރާއްޖެއިން ބޭރުން ގެންނަ ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް ވިޔަފާރިވެރިން އިސްކަން ދޭ ކަމަށާއި، އިންޑިއާއިން ކާގޯ ފެރީ އަންނަން ފެށި ފަހުން ދަނޑުވެރިން ހައްދާ ތަކެތި އުކާލަން ޖެހިފައިވާ ކަމަށް އައްޑޫގެ ދަނޑުވެރިން ބުނެފިއެވެ.

މީދޫގެ އެންމެ ދުވަސްވީ ދަނޑުވެރިޔާ މުހައްމަދު ވަހީދު (ވައްޑެ) ބުނީ، ދަނޑުތަކުގައި ހައްދާ ތަކެތި ކޯޕަރޭޓިވްއަށް ގެންދާއިރު، ބައެއް ފަހަރު ތަކެތި ނުވިކި އުކާލަން ޖެހިފައިވާ ކަމަށެވެ. މިގޮތަށް ދަނޑުވެރިން ހައްދާ ތަކެތި އުކާލަން ޖެހުނީ، ރިސޯޓްތަކުންނާއި، ބައެއް ރަށްރަށުގެ ވިޔަފާރިވެރިންވެސް އެ ތަކެތި ނަގަން ބޭނުން ނުވުމުން ކަމަށް ވައްޑެ ބުންޏެވެ.

"އިންޑިއާއިން ގެންނަ އެއްޗެހި ހުރިހާ މީހުންވެސް ވިއްކާ ކަމަށް މި ކިޔަނީ. މިގޮތަށް ވާތީ ހުރިހާ އެއްޗެއް އުކާލަން މިޖެހެނީ. މިގޮތަށް 1.5 ޓަނުގެ ކަރާ ގާތްގަނޑަކަށް އުކާލަން ޖެހުނު ދާދި ފަހުން." މީގެ ދެ ތިން ހަފްތާ ކުރިން ކުރިމަތިވި ގެއްލުން ހިއްސާ ކުރަމުން ވައްޑެ ބުންޏެވެ.

ވައްޑެ ބުނީ، ދަނޑުވެރިން ހައްދާތަކެތި ގެންގޮސް ކޯޕަރޭޓިވްއަށް ދޭއިރު، ސަޕްލައި ނުލިބި ވަރަށް ގިނަ ބާވަތްތަކުގެ އެއްޗެހި އުކާލަން ޖެހޭ ކަމަށެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ކާގޯ ފެރީގެ ޚިދުމަތް ފެށީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއީ ކޮޗިން އިން ހދ. ކުޅުދުއްފުއްޓަށެވެ. އަދި އެރަށުން މާލެއަށެވެ. އަދި އިންޑިއާއާއި ގދ. ތިނަދޫ އަދި އައްޑޫ ސިޓީއާއި ދެމެދު އިންޓަނޭޝަނަލް ކާގޯ ފެރީގެ ޚިދުމަތް ނޮވެމްބަރު 25 ވަނަ ދުވަހު ވަނީ ފަށާފައެވެ. އެ ބޯޓު އައްޑޫ އަށް ބަނދަރު ކުރީ ޑިސެމްބަރު 10 ވަނަ ދުވަހު އެވެ.

ސ. މީދޫ ގައި ހުރި އެންމެ ދުވަސްވީ ދަނޑުވެރިޔާ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ދަނޑުވެރިންގެ ތަނެއް ކޯޕަރޭޓިވްއަކީ. ދަނޑުވެރިން ހައްދާ އެއްޗެހި އެތަނަށް މި ގެންދަނީ. ދެން އެތަނުން ތަންތަނަށް ގުޅައިގެން ސަޕްލައި މި ހޯދަނީ. އެ މީހުން ގުޅީމަ މި ބުނަނީ އިންޑިއާ ބޯޓު އަތުވެއްޖެއޭ، ފަސް ޓަނު ގެނެސްފިއޭ، 10 ޓަނު ގެނެސްފިއޭ، ކިޔާފައި ނުނަގަނީ." ވައްޑެ ބުންޏެވެ.

ވައްޑެ ބުނީ، އައްޑޫގެ ބޮޑެތި ވިޔަފާރިވެރިންވެސް، އައްޑޫގެ ދަނޑުވެރިން ހައްދާ ތަކެތި ގަނެގެން ވިއްކުމުގެ ބަދަލުގައި ބޮޑަށް އިސްކަން ދެނީ ބޭރުން ގެންނަ ތަކެއްޗަށް ކަމަށެވެ.

"ކެޕްސިކަމްވެސް ބޭރުން މި ގެންނަނީ. އެއީ އަޅުގަނޑުމެން ގިނަ އަދަދަކުން އުފައްދާ އެއްޗެހި. ދެން ކަރާވެސް، ގްރީން ޗިލީވެސް. މި ތިން އައިޓަމްއަކީ މިރަށުގައި ގިނަ އަދަދަކަށް ހައްދާ އެއްޗެއް. މި އެއްޗެހި ނުވިކި އުކާލަން މި ޖެހެނީ. ބޭރުން ގެންނާތީ ވިޔަފާރިވެރިން ނުނަގާ އަޅުގަނޑުމެންގެ އެއްޗެހި." ވައްޑެ ބުންޏެވެ.

ރާއްޖެއަށް އިމްޕޯޓް ކުރާ މުދާތައް ދަނީ އިތުރުވަމުންނެވެ. މިގޮތަށް އިމްޕޯޓް ކުރާ ބަައެއް ބާވަތްތަކުގެ ތެރޭގައި ރާއްޖޭގައި އެންމެ ރަނގަޅަށް ހައްދާ ބާވަތްތައް ހިމެނެއެވެ. ދަނޑުވެރިންގެ އާއިލާތަކުގެ ޝަކުވާއަކީ، ދިވެހި އުފެއްދުންތަކަށް ފުރުސަތު ނުދީ، ބޭރުން ގެންނަ މުދާ ވިއްކުމަށް ފަސޭހަ ފުރުސަތުތަކެއް ފަހިކޮށްދޭތީއެވެ.

އައްޑޫ މީދޫ ކޯޕަރޭޓިވް ސޮސައިޓީގެ މެނޭޖަރ ހަސަން ޝާހިދު ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިން ހައްދާ ބާވަތްތައް ބޮޑު އަދަދަކުން ބޭރު ގައުމުތަކުން ރާއްޖެއަށް އެތެރެ ކުރާ ކަމަށާއި، ބޭރުން ތަކެތި އެތެރެ ކުރުމުގެ ފުރުސަތު ދޭއިރު، ދިވެހިން އުފައްދާ ތަކެއްޗަކީ ކޮބައިކަން އިދާރާތަކުން ބަލާވެސް ނުލާކަމަށެވެ. ކޮވިޑް-19އިގެ ތެރޭގައިވެސް މިގޮތަށް ދިމާވެ، ރޯދައަށް ހެއްދި ބައެއް ތަކެތި އުކާލަން ޖެހުނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސ.މީދޫ ދަނޑުވެރިކަން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ސައްކެޔޮ، ކަރާ ފަދަ އެއްޗެއްސަކީ މިއީ އަޅުގަނޑުމެންގެ ރާއްޖޭގެ ކޮންމެ ރަށެއްގައި ހެއްދޭ އެއްޗެހި. އެކަމަކު ކޮވިޑް-19އިގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މި ފެނުނީ އިންޑިއާއިން އަންނަ ހުރިހާ ބޯޓު ފަހަރުތަކުން މި އެއްޗެހި އެތެރެކުރިތަން. ކުރީމަ ވަޒީފާ ގެއްލިގެން ރަށްރަށަށް ގޮސްފައި ކަރާ ހެއްދި މީހުންގެ ތަކެތި އުކާލަން މި ޖެހުނީ. އަޅުގަނޑުމެން ރޯދައަށް ކަރާ އެއްޗެހި ހައްދާއިރު، ހަމަ ރޯދައަށް ކަރާ އެބަ އިމްޕޯޓް ކުރޭ. އިމްޕޯޓް ކުރާ ކަރާ އެމީހުންނަށް އަށް ރުފިޔާއަށް ވިއްކޭނެ. އަޅުގަނޑުމެންނަށް ދަނޑުވެރިންނަށް އެ އަގުގައި ދަނޑުވެރިކަން ނުކުރެވޭނެ. އިންޕުޓް އެހާ އަގުބޮޑު، ޕްރޮޑަކްޝަން ކޯސްޓް އެހާ ބޮޑު އަޅުގަނޑުމެންނަށް. އެހެންވީމަ އަށް ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކުމަށް، އަޅުގަނޑުމެންގެ ދަނޑުވެރިންނަށް ހިފަހައްޓާ ނުލެވޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދުވެސް ފާހަގަކުރިގޮތުގައި، މީދޫ ދަނޑުވެރިން އެންމެ ރަނގަޅަށް ހައްދާ ތަކެތީގެ ތެރޭގައި ހިމެނޭ ކެޕްސިކަމް އާއި ގްރީން ޗިލީ ނުވިކިގެން އުކާލަން ޖެހެއެވެ. މިގޮތަށް ދާދި ފަހުން ޓަނަކަށްވުރެ ގިނަ ކަރާ އުކާލަން ޖެހުނުކަން އޭނާވެސް ވަނީ ފާހަގަކޮށްފައެވެ.

"މާކެޓް ފްލަޑް ކުރަނީ ބޭރުން މި ގެންނަ ތަކެތި. އަޅުގަނޑުމެންނަށް ނޭނގޭ މާކެޓް ފްލަޑް ކުރަނީ ކޮން ގައުމަކުން ކިހިނެއް އުފައްދައިގެން ގެނެސްފައި ހުރި އެއްޗެހިކަމެއް. އަބަދުވެސް އަޅުގަނޑުމެންގެ ލޯކަލް ދަނޑުވެރިޔާއަށް އިނގިލި މި ދިއްކުރަނީ، އެ މީހުން ބާރުގަދަ ކެމިކަލް ބޭނުންކޮށްގެން އުފައްދާ ކަމަށް. މިހެން ބުނާއިރު ސަރުކާރަށް ނޫނީ އެހެން ބަޔަކަށް ޔަގީން ކުރެވޭ ބާއޭ ގެނެސްފައި މިހިރަ ކަރާތަކާއި ކެޕްސިކަމް އާއި ޔުގެންޑާ އިން ގެނެސްފައި ހުންނަ މިރުސް ހައްދާފައި ހުރީ ކޮން އެއްޗެއް ބޭނުންކޮށްގެންތޯ. އެ ސުވާލެއް ނުކުރޭ. އަޅުގަނޑުމެންގެ އެންމެ ކުޑަ ދަނޑުވެރިޔާއަށް އިނގިލި ދިއް ކުރަނީ އަބަދުވެސް ކެމިކަލް ބޭނުން ކުރާ ކަމަށް ބުނެ. "ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އައްޑޫ އާއި ތިނަދޫއަށް ފެށި ކާގޯ ފެރީގެ ސަބަބުން، އަނެއްކާވެސް ދަނޑުވެރިންނަށް ލޮޅުން އަންނާނެ ކަމަށާއި، ރާއްޖެއަށް ކާގޯ ފެރީއެއް އަތުވެއްޖެނަމަ މުޅި މާކެޓަށް އޭގެ އަސަރު ކުރާ ކަމަށެވެ.

"ސްރީލަންކަން ރާއްޖެއަށް އޮޕަރޭޓް ކުރަން ފެށިއިރު ޔުގެންޑާ ހިސާބުން މިރުސް އެބަ އާދޭ. އެ ހިސާބުން މިރުސް އައިސް މިތާ މާކެޓް ފްލަޑް ކޮށްލާ" ޝާހިދު ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންގެ ފްލައިޓެއް
ސްރީލަންކަން އެއާލައިންގެ ފްލައިޓެއް

ފިޝަރީޒް މިނިސްޓްރީގެ ޑައިރެކްޓަރ ޖެނެރަލް އޮފް އެގްރިކަލްޗަރ އިބްރާހިމް ޝަބާއު "ވަގުތު"އަށް ވިދާޅުވީ، ދަނޑުވެރިންނަށް ދިމާވެފައިވާ މިފަދަ މައްްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއިން ބޭރުން އެތެރެ ކުރެވޭ ކާބޯތަކެތީގެ ޑިއުޓީ ނުނަގާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ފަސޭހަކަމާއެކު ހެދޭ، ނުވަތަ ދަނޑުވެރިން ހައްދާ ބާވަތްތަކަކީ ޑިއުޓީ ނަގާ ބާވަތްތަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

"އެއިރުން ދަނޑުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ މިހާރު ގިނައިން ހައްދަން. އެއިރުން އަގުވެސް ހެޔޮވެ ދަނޑުވެރިންގެ އަތްމައްޗަށް ކޮންޓްރޯލް ނެގޭނެ. އެ މަސައްކަތް ނިންމާފައި، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެންނަން ޖެހޭ ބަދަލެއްގެ ގޮތުގައި ހިމަނައި ދިނުމަށް އަޅުގަނޑުމެން ފޮނުވާފައި ވާނީ އިކޮނޮމިކް މިނިސްޓްރީއަށް، އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާކޮށް ގާނޫނު ތަންފީޒު ކުރައްވަން." ޝަބާއު ވިދާޅުވިއެވެ.

މީދޫއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ އެއްރަށެވެ. ނަމަވެސް އެރަށުގެ ދަނޑުވެރިންނަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މާކެޓް ނުލިބުމުގެ މައްސަލައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހހ

    އައްޑޫ މީހުން ވ ނަލަވާނެ މިހާރު ކިތައްމެ ގެއްލުމެއްލިބުނަސް ވާކަމެއް އެކަމް ނުވާކަމަކަށް ހަދާގެން ތިބޭނީ

    70
    3
  2. ފަގީރުރާޖާ

    ރައްޔިތުން ބާރުވެރި ކުރުވުމުގެބަދަލުގަ އިންޑިއާ އަށް ބަރޯސާވާން ޖޭހޭގޮތް ހަދާލީ ވ ފުރިހަމަ އަޅުވެތިވުމެއް.

    87
    4
  3. ބޯހަލާކު

    ކާގޯ ފެރީގައި ކަރަޔާ ފަޅޮލާ ދޮންކެޔޮލާ ބަރަބޯ ތަ އެތެރެކުރަން އެނގުނީ ދިވެހި ދަނޑުވެރިކަން ހަލާކުކޮއްލީދޯ ނުވަންޏާ އިސްތިއުފާ ދީފަ ވާވަރު ބަޔަކާ ހަވާލުކޮއްބަލަ

    77
    6
  4. ސކާރު

    ކުރީ ސަރުކާރުން ކަރާދަންޑުތަކަށް އެހީވިނަމަ ތިހެން ނުވީސް

    23
    59
    • ކިނބޫ

      ބަޔަކު ހުރިހާ ކަމެއް ކޮށްފަ އޮތްކަމަށް ހިތާ ގޮނޑިއަށް އަރާ ދެފައި ތަޅުވާލަތަޅުވާލާ ތިބެން ކަމަށް ވެރިކަމަށް އެރި ބައެއް މިނޫނީ ނޫޅޭނެ. ވޯޓުން ޗައްކަން ކޮށްގެން ވެރިކަން ފޭރިނުގަތްނަމަ މިހެންނަކުން ނުވީސް.

  5. އަލީހު

    ބޭނުން އަގެއްގަ ނުވިއްކޭނީދޯ. 1 ކަރަލުން މުއްސަދިވާން ދިވެހިން ބޭނުން ވަނީ

    18
    20
  6. ހަސަނު

    އެޖެންޑާ 19 ވަރަށް ތަފާތުވާނެ. ރާޢްޖޭގައި ހަ އްދާ ތަރުކާރީ ބޭނުން ގެނަ އުން ހުއްޓާލަންޖެހޭ

    25
    3
  7. 😁😁

    ކޯ އްމެ ކަމެ އްް ކުރީ ސަރުކާރުގެ ބޮލަށް ކިހާ ސަޅި

    24
    2
  8. ޖީމް

    އެމް ޑީ ޕީ މަރުމޯލުން ދެންވެސް އަތްޖަހާ

    29
    2
  9. ލަތީފު

    ކަރާ އުކާލަން ނުޖެހޭނެ އަގު ހޮޔޮކުރީމަ އިންޑިއާ ކަރާ ކިލޯއެއް ވިއްކަނީ 8ރ ހޯލްސޭލް ކޮށް ވައްޑެ ކާރީ ބުނޭ މޮޔަނުގޮވާށޭ

    5
    18
  10. އެމަންޖެ

    މިސަރުކާރުން މިގައުމު އިނޑިޔާގެ އަޅުވެތި ކަމައް ގެންދާނެ.

    28
    1
  11. ނައިބު ތުއްތު

    އަގުހެޔޮވުމުން ގައްނާނެ އެއްނު ލިޔުންތެރިޔާ މި ލިޔުން ލިޔެފައިވާ ގޮތުން މާނަ ކުރެވެނީ ފެރީ ފެއްޓުމަކީ ގޯހެއް ކަމަށް ދައްކުވަން ...

    8
    11
  12. މުހައްމަދުބެ

    އަދިވެސް ތިބޭ އަތްޖަހަން

    21
    1
  13. ހައްޤުބަސް

    އައްޑޫ މޮޔައިން. އެއްވެސް ސަރުކާރަކުން ބޭނުމެއް ނުވޭ އައްޑޫ ތަރަޤީކޮށް، އައްޑޫ ރައްޔިތުންނަށް ކުރިއެރުމަށް ލިބޭކަށް. އައްޑޫ މީހުން ވެރިކަންކޮށްފާނެތީ ބިރުގަންނަނީ؟ ހަސަވެރިކަން.

    9
    3
  14. ިުުިުިުފައްކާ

    ސަޅި

  15. ޟަޒް

    ޙުސް ދޮގޮ

    5
    8
  16. ޅަބޭ

    އިންޑިޔާގެ ގެރިގުއި މުޑުވަކުގަ އިންދާ ހައްދާފަހުންނަ ކަރާ މާބޮޑުވެފަ މީރުވެފަ ފޮނި. ރާއްޖޭގަ އައްޑޫގަ ހައްދާ ކަރާތައް ކުދިވެފަ، އޭގެންލަނީ ފެން ރަހަ. ދެން ގަންނަންވީ އެއްޗެއް އިނގޭނީ ގަންނަ މީހާޔައް. ދޮގޭ؟؟!

    9
    8
  17. ބޯގަމާރު

    މަގުސަދު ވ ސާފް. ދުނިޔޭގެ އެހެން ގައުމުތަކުން ކެނޑިނޭޅި މަސައްކަތްކުރަނީ އެގައުމުގައި އެއްޗެއް އުފައްދަންޏާ އެއެއްޗެއް ބޭރުގައުމުތަކުން ގެނައުން ހުއްޓުވޭތޯ. މިމީހުންގެ ތަފާތަކީ މިމީހުން މަސައްކަތްކުރަނީ އެހެން ގައުމުތައް ރުެްސަން އެމީހުން ބުނިހާކަމެއްކޮއްދެވޭތޯ.

    19
    1
  18. ބޭކާރު

    ލޯކަލް ޕްރަޑަކްޓް އުފެއްދުމަށް ތިކަމުން ހުރަސްއެޅޭނެ. ދެން ކުއްލިޔަކަށް އިންޑިޔާ ބޭނުންވާގޮތަށް މިހާރުހަދާ މިލިޓަރީބޭސްގެ އެއްބަސްވުމުގައި ސޮއި ނުކޮށްފިއްޔާ ވަގުތުން ބޯޓް އައުން ހުއްޓޭނެ. ދެން ކީއްކުރާނީ.

    އެމީހުންގެ ކަންކަން ހުންނަ ފެންވަރު އެނގުނު ވަހީދުގެ ވެރިކަމުގައި ރައްޔިތުން ވިސާހޯދަން އަވީގައި ލީބައެއް އެއީ.

    10
    1
  19. އަފީ

    އަދި ކިރިޔާ ދަނޑުވެރިޔާ ޖީބަށް ޑޮލަރު ތި ވަންނަން ފެށީ! މިހާރު މަސްވެރިންގެ ޖީބަށް ވަންނަމުން ދަނީ ހުސް 100 ގެ ނޫޓްގެ ޑޮލަރު!

  20. ހަސަނާ

    ވެރިކަން ހޯދަދޭން އިންޑިއާގެ އެހީތެރިކަން ހޯދީ ލައްކަވާހަކަދައްކައިގެން އެހެންވީމަ މިގައުމުގެ މުއްސަދިކަން އިންޑިއާމީހުނައްދީގެން ބާރުގެބޭނުންކޮއްގެންވެސް ބޭނުމީ ވެރިކަމުގަތިބެން އިންޑިއާ އިންވައްތަރެއްނޫ މިގައުމުގެ މަސްވެރިން ބާނާ މަހުން މަސްކޮޅެއްވެސްގަންނާކަން ރިސޯޓުތަކުގެ މުއްސަދިކަންވެސް އެދަނީ އިންޑިއާވިޔަފާރިވެރިންގެ ކޮންޓްރޯލްގެދަށައް ވަޒީފާތަކުގަ އެބައިމީހުން ކައުންސިލްއިންތިހާބު މޑޕ އަހްލިބުމުން އަސްލު ސޫރަދައްކާނެ މޑޕ ބޭނުންގޮތަކައް ގައުމާ ކުޅެލާނެ ރައްފުށުމީހުން ބިކަކޮއްލާނެ....މީޔަގީންކަން..

  21. ތަޖްރިބަާ

    ރާއްޖެ އުފެންދުން އަގުބޮޑުވާނެ... ސަބަބަކީ ގަސްހައްދާ ހުރިހާާ އެއްޗެއް އެތެރެކުރަން ޖެހެނީ ބޭރުންކަމައްވުން. ރާއްޖޭގެ އުފެންދުން ތާޒާވެފައި ކޮލިޓީ ވާނެ. ބޭރުގެ ތަކެތި ކެމިކަލް މާގިނަވާނެ. ޜާއްޖެ ގެނައުމަށް ގިނައަދަދަކަށް ބެސްޖަހާހެން ހައްދަމުން އެބަދޭ ހަގީގަތުގައިވެސް ކަންބޮޑުވާން ޖެހޭ މިންވަރައް. ސަރުކާރުން ނިކުމެފަ ބުނެބަލަ ޓެސްޓްކުރާނަމޭ ނިކަން ރައްޔިތުމީހާ އައް ރަގަޅު ނަމަ... ނުކެރޭނެ ބުނާކައް އެވަރުގެ އިހުލާސްތެރި މީހަކު ފިސަރީޒް ގަ މިޙާހު ނެއް.. ރާއްޖޭގަ ކާސި ނެތީތޯ . ޜުއްމަދީތޯ... ކީއްވެ އެތެރެ ކުރީ... އަމިއްލަ އަތައް ނުހައްގު އަތްދިއްކޮްލީމަ ހިފީ.. އެކަން ފެންނާނެ... ކިޔެވިޔަސް އަސްލަކީ އެއްޗެއް އިގޭ ވެރިއަކު ނެތީ އެތާގަ...ހަގީގަތަކީ... އެތަން ބަދަލުކޮންގެން ހިންގޭނީ. ފުދޭނެ..

  22. ގަރަމްމަސާލަ

    އިންޑިއާގެ އުފެއްދުން މިރާއްޖެއަށް ނުގެނެސްވާކަށްނެތް ވެރިކަންހޯދައިދިނީ މެމަރޭންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ސޮއިކުރުމަށްފަހު ކަރަލާ ފަޅޮލާ ބަރަބޮލާ މިރުހާ މިހުރިހާތަކެތިީގެ ޑިމާންޑުކުޑަވެ އަށްޑޫގަހަދާ ޕޮލިސް އެކަނޑަމީގެ ޑިމާންޑު ދުވަސްކޮޅަކުން އަރާނެ ނުވިސްނުމުގެ ނަތީޖާ ވަރަށް ހިތިވާނެ..

  23. މަލިކާ

    ފުނޑާލީ ދިވެހިންނޭ ހޭ އަރާކަ އްނުވޭތަ

  24. ދީދީ

    ދެކޮޅަށް ބަލާއިރު އިންޑިޔާ ފެރީ މެދުވެރިކޮށް ސަޕްލައި ލިބުން ގޯހެއްނޫން.
    ހަމަ އެގޮތަށް ދިވެހި ދަނޑުވެރިން ހައްދާ އެއްޗެހި ވިއްކެން އެބަޖެހޭ. މީދޫގެ ތިބުނާ ކޯޕަރޭޓިވްސް އާއި ގުޅެނީ ކިހިނެތް؟ ހަމަ ގައިމުވެސް ތިޔަ ކޯޕަރޭޓިވްސް އަކީ މާގިނަބަޔަކަށް އަދި އެނގޭތަނެއްނޫން. މިހަބަރު ކިޔާލައިފައި އައްޑޫގައި ސުޕްމާކެޓް ގޮތަށް ވިޔަފާރި ހިންގާ 5 ފަރާތަކާއި ވާހަކަ ދައްކާލިއިރު އެތަނުން އެންމެ މީހަކަށް ތިޔަބުނާ ކޯޕަރޭޓިވްސް އެއް އެނގެނީ. ދެން އޭނަވެސް ބުނަނީ އެއްޗެހި އަގުބޮޑުކަމަށް.
    އަޅުގަނޑުމެން އެންމެންވެސް އެދެނީ، އުތުރަކަށް ދެކުނަކަށް މެދަކަސް ރާއްޖޭގެ އުފެއްދުންތަށް ކުރިއަރުވައި އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދިއުމަށް. އެހެންނަމަވެސް މީގަ ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ވިޔަފާރި އުސޫލުން ކުރާކަންކަމުގައި އެންމެ މުހިންމު ރޯލެއް ކުޅޭނީ އަގުކަން. ސަބަބަކީ އެއްޗެހި ގަންނަން އަންނަ ކަސްޓަމަރަށް އަގުބޮޑިއްޔާމު ކަސްޓަމަރު އެއެއްޗެއް ނުގަންނާނެ، ދެން ފްރެޝް ތަރުކާރީ އާއި މޭވާގެ ބާވަތްތަކަކީ މާކަގިނަދުވަހަކަށް ބެހެއްޓޭނެ އެއްޗިއްސެއްނޫން، ހަފްތާއެއްވީ މީހަކު ނުގަންނަންޏާމު ހަލާކުވެގެން އުކާލަންޖެހުނީ ނުވަތަ ހަލާކުވާތީވެ ކަސްޓަމަރުންނަށް ބަހާލަނީ. ލޯކަލް ޕްރޮޑަކްޓްސް މިގޮތަށް ހުންނަކަމަށްވަންޏާމު ދެން ވިޔަފާރިވެރިޔާއަށް ޖެހޭނީ އިންޑިޔާ ވިޔަސް ޗައިނާ ވިޔަސް ނޯތްކޮރެއާ ވިޔަސް އަގުހެޔޮކޮށް ލިބޭތަނަކުން ހެޔޮއަގުގައި މުދާގެންނަން.
    އެހެންވީމައި 1.5 ޓަނުގެ ކަރާ ނުވިކިގެން އުކާލިއިރު ކީއްވެގެންތޯ 5ރ 10ރ އަށް ކިލޯ ނުވިއްކީ؟ ގައިމު އެގޮތަށް އަގުހެޔޮކޮށް ވިއްކިނަމަ 10، 15 ވަރަކަސް ހާސްރުފިޔާ ލިބޭނެދޯ. ދަނޑުވެރިޔާއަށްވެސް އެއްޗެއް ލިބިފައި ގަންނަމީހާއަށްވެސް ލުއިވެފައި ރައްޔިތުމީހާއަށްވެސް ފަސޭހަވީ.
    އައްޑޫ ދަނޑުތަކުގައި ހައްދާ ކަރާކިލޯއެއް މިއަދު ލިބެންހުރީ 25-20ރ އަށް ކިލޯ. ދެން އެދަނޑުވެރިޔާ އަތުން އެގަނެގެން އައިސް ވިޔަފާރިވެރިޔާއަށް ވިއްކޭނީ 30-25ރ އަކަށްނު. ބަދަލުގައި ތިޔަބުނާ ކާގޯފެރީއަކުން ގެންނަ ކަރާ ކިލޯއަކަށް 8-7ރ ޖެހުނީމައި 15-12ރ ވިޔަފާރިވެރިޔާއަށް އެބަވިއްކޭ.

  25. މަގޫދަނޑި

    ބަރާބަރު. އައްޑޫ މީހުންނަށް ވޭއްވީލެއް ހަމަ ތެވެނީ. ދެން ބާރާއް އައް ޖަހައު.