ޑިސެމްބަރު މަހުގެ މިހާތަަނަށް ނ. މާފަރު އިިންޓަނޭޝަނަލް އެއާޕޯޓަށް 55 ޖެޓު ޖައްސާފައިވާ ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ އެއާޕޯޓުގެ މެނޭޖަރ މުމްތާޒް އަލީ ވިދާޅުވީ މިއީ ޖެޓު ތިޔާގި ދުވަސްކޮޅެއް ކަމަށާއި، މިމަހުގެ މިހާތަނަށް އެ އެއާޕޯޓަށް ޖުމްލަ 55 ޖެޓު ޖައްސާފައިވާ ކަމަށެވެ.

މިމަހުގެ ތެރޭގައި އެންމެ ގިނައިން އެ އެއާޕޯޓަށް ޖެޓު ޖައްސާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގައި ކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ އާދީއްތަ ދުވަހު އެކަނިވެސް 11 ޖެޓު އެ އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ. އަދި މިއަދުގެ މިހާތަނަށް ހަތް ޖެޓު ޖައްސާފައިވާކަމަށާއި، އިއްޔެވެސް އެ އަދަދަށް އެއާޕޯޓަށް ޖެޓު ޖައްސާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މާފަރު އެެއާޕޯޓަށް ދުވާލަކަށް އެންމެ މަދުވެގެން ހަތަރެއް ނުވަތަ ފަސް ޖެޓު ޖައްސާ. މިމަހު އެކަނިވެސް އައިސްފި 55 ޖެޓު މިހާރު" މުުމްތާޒް ވިދާޅުވިއެވެ.

މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން މުމްތާޒް ވިދާޅުވީ މާފަރު އެއާޕޯޓަށް އެންމެ ގިނައިން ޖައްސަނީ ޔޫރަޕުންނާއި މިޑުލް އީސްޓުން އަންނަ ޖެޓުތައް ކަމަށެވެ. މިކަމުގެ ސަބަބުން މަޑު މަޑުން ނ. އަތޮޅުގެ ފަތުރުވެރިކަން ވެސް ކުރި އަރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހު ހުޅުވާލި ފަހުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 136،082 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ރާއްޖޭގެ ބޯޑަރު ބަންދުކުރުމުގެ ކުރިން 380،000 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިނިވަން

    މިނިވަންކަމާއެކު ހިންގާލަން ދީފިނަމަ، ވެލާނާ އެއަޕޯޓަައްވުރެ ކާމިޔާބުވާނެ ކަމަށް ބެލެވޭ.

    14
    1
  2. ހަލީލް / މާލެ

    މާފަރަކީ ބޭރުގެ އިންވެސްޓަރަކު ހަދައިފައިވާ އެއަޕޯޓެއްކަން ފާހަގަކޮއްލަން އެބަޖެހޭ، އަދި ފައިދާގައި ހިންގޭނެ އެއަޕޯޓެއްކަން ދަނީ ފެންނަމުން ، މިއީ ވަރަށް އުފާވެރި ހަބަރެއް. މިރާއްޖޭގެ އެންމެ ގުދުރަތީ މުއްސަދި އަތޮޅު ކަމަށްވާ ހުވަދޫ އަތޮޅުގައި ވެސް އިންޓަނޭޝަނަލް އެއަރޕޯޓެއް އޮތުން މުހިން ، ހުވަދޫގައިވެސް އިންޓަނޭޝަނަލް އެއަޕޯޓެއް ތަރައްގީކޮއް ހިންގަން ބަޔަކުވަނީ ސަރުކާރަށް ހުށަހަޅާފަ. ޓުއަރިޒަމްގެ އިތުރަށް ރާއްޖެއަށް ބަނާމަހުގެ ބޮޑުބައެއް ބާނާނަނީ ހުވަދޫ މަސްވެރިންކަން ފާހަގަކޮއްލަން އެބަޖެހޭ .. ހުވަދޫ މަސްވެރިންގެ މަސް އެކްސްޕޯޓްކޮއްގެން ސަރުކާރުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެ ސަރަހައްދުގެ ރައްޔިތުނަން ވަރަށް ބޮޑެތިފައިދާތަކެއްވާނެކަމީ ޝައްްކެއް އޮތް ކަމެއްނޫން ...