ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓު (ވީއައިއޭ)ގެެ ބައިނަލްއަގުވާމީ އެއާލައިންތަކުގެ ދަތުރުތައް އިިތުރުވާން ފެށުމާއި އެކު އެތެރޭޭގެ އުދުހުންތައް ނޯތު އެޕްރަން އަށް ބަދަލުކޮށްފިއެވެެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިިއަދު ކުރި ޓްވީޓެެއްގައި ވަނީ ވީީއައިއޭއަށް ދަތުރުކުރަމުން އަންނަ އިންޓަނޭޝަނަލް އެއާލައއިންތައް ގިނަވުމާއިި އެެކު އެ ފްލައިޓުތަކަށް ޖާގަ ދިނުމުގެ ގޮތުން އެތެރޭގެ އުދުހުންތައް ނޯތު އެޕްރޯން އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެެން ބަންދުކޮށްފައި އޮތުމަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާ އިރު، މިހާތަނަށް 21 އެެއާލައިނުން ރާއްޖެެއަށް އަންނަނީ ދަތުރުކުރަމުންނެެވެެެ. އަދި މި އަހަރުގެ ނިޔަލަށް އިތުރު ހަތް އެެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މީގެެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަލަށް ފަށަން ހަމަޖެެހިފައިވާ އެއާލައިންތަކުގެ ތެެރޭގައި ޔޫރަޕްގެ އެއާލައިންތައް ގިނައެވެ.

ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަން އެއްކޮށްހެން ހުއްޓުމަކަށް އައުމަށް ފަހު އަނެެއްކާވެެސް އަންނަނީ ރަނގަޅުވަމުންނެެވެެ. މިމަހު އެެކަނިވެެސް ރާއްޖެެއަށް ވަނީ 71،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެެން ބަންދުކޮށްފައި އޮތުމަށް ފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލާފައިވާ އިރު، މިހާތަނަށް 21 އެެއާލައިނުން ރާއްޖެެއަށް އަންނަނީ ދަތުރުކުރަމުންނެެވެެެ. އަދި މި އަހަރުގެ ނިޔަލަށް އިތުރު ހަތް އެެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން މީގެެ ކުރިން ވަނީ ހާމަކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ފަށަން ހަމަޖެެހިފައިވާ އެއާލައިންތަކުގެ ތެެރޭގައި ޔޫރަޕްގެ އެއާލައިންތައް ގިނައެވެ.

ބޯޑަރު ހުޅުވާލި ފަހުން، ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ، އަދި އިޓަލީއިންނެވެ. މީގެއިތުރުން އިންޑިިއާ، އިނގިރޭސިވިލާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ޖަރުމަނު، ޔޫކްރެއިން، ފްރާންސް، ސްޕެއިން އަދި ބްރެޒިލް ފަދަ ގައުމުތަކުން ވެސް ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އެ ގައުމުތަކުން ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ މިންވަރުވެސް އއަންނަނީ އިތުރުވަމުންނެވެ.