އިކުއިކްސް ކުންފުނީގެ ފިހާރައެއް ކަމަށްވާ މެގަސޭލްޓްރޭޑްއިން މި ހަފްތާ ދެ ދުވަހެއްގެ ހަވީރު ސުޓުއިޓް ބްރޭންޑްގެ ޖޫހާއި ޖޭމްގެ ހިލޭ ޓޭސްޓިން އިވެންޓެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

މި އިވެންޓް އޮންނާނީ މާދަމާ ހަވީރު 3:00 އިން 6:00 އަށް މެގަސޭލްޓްރޭޑް(ލޮޓް 11207، ބުރެވިގަސް މަގު) ގައި އާއި ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އިން 6:00 އަށް އިކުއިކްސް( ޖަނަވަރީ ހިނގުން) ގައެވެ.

ސުޓުއިޓް ބްރޭންޑްގެ ޖޭމްގެ ހާއްސަ ކަމަކަށް ފާހަގަކޮށްލެވޭ އެއްކަމަކީ މިޖޭމްއަކީ ޑައިބެޓިކްސްއަށް ހާއްސަ ޝުގާ ފުރީ ޖޭމްއެއްކަމުގައި ވުމެވެ. މިޖޭމަކީ މާކެޓުގައި މިހާރު ދައުރުވާ އެހެން ޖޭމުތަކަށް ބަލާއިރު 90 އިންސައްތަ ހަކުރުގެ ބައި މަދު ޖޭމްއެކެވެ.

އިކުއިކްސް ކުންފުންޏަކީ ސުޓުއިޓް ބްރޭންޑްގެ ތަކެތި ދިވެހިރާއްޖެއަށް ޑިސްޓްރިބިއުޓް ކުރާ ހަމައެކަނި ކުންފުންޏެެކެވެ. ސުޓުއިޓްގެ ޖޫހާއި ޖޭމް ތައްޔާރުކޮށްފައި ހުންނަނީ 100 އިންސަށްތަ މޭވާއިންނެވެ.

ފްރީޓޭސްޓިން އިވެންޓް ދޫކޮށްލާނެ ކަމެއް ނެތެވެ. ރައްޓެހިންނާއެކު އެތަނަށް ގޮސް މި ޖޫހާއި ޖޭމްގެ ރަހަ ބަލާލަން ހިނގާށެވެ.