އިންޓަނެޓްގެ ފަސޭހަކަމާއި އެކު ދުނިޔެ މިވަނީ ވަރަށް ކުޑަވެފައެވެ. އެތައް ފުރުސަތަކާއި ވަސީލަތެއް މިވަނީ އަތް ފޯރާ ފަށަށް ކައިރިވެފައެވެ. ނަމަވެސް ގިނަ މީހުންނަށް އެފުރުސަތުތަކުގެ ބޭނުން ނުކުރެވެނީ އެމައުލޫމާތުތައް ލިބިފައި ނުހުންނާތީއެވެ. މިއޮތީ ފޮޓޯ ނަގަން ޝައުގުވެރިވާ ފަރާތްތަކަށް ވަރަށް ރަނގަޅު ވަޒީފާ އެކެވެ.

"ފޮޓޯޖޮޕްޒް" ނަމަކަށް ކިޔާ އެޕްލިކޭޝަނަކެވެ. މި އެޕްލިކޭޝަންގައި ރަޖިސްޓްރީވެ، ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ފޮޓޯއެއް އަޕްލޯޑް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

މިއީ ވެބްސައިޓްތަކާއި، ކެޓަލޮކްތަކާއި، ފޮތްތަކާއި، މަޖައްލާތަކާއި، އިސްތިހާރުތަކަށް ނުވަތަ އެނޫން ކަންކަމަށް ވެސް ފޮޓޯ ބޭނުންވާ މީހުންނަށް ފޮޓޯ ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ރޯލް އަދާކުރާ ޕްލެޓްފޯމެކެވެ.

ކޮންމެ ގައުމެއްގައި، ކޮންމެ ތަނެއްގައި ހުރި މީހަކަށް ވެސް މި އެޕްލިކޭޝަން ބޭނުން ކުރެވިދާނެއެވެ. އެޕްލިކޭޝަން ބޭނުން ކުރުމަށް ފުރަތަމަ ފަސް ދުވަހަށް 01 އެމެރިކާ ޑޮލަރު ނުވަތަ 15 ދިވެހި ރުފިޔާގެ ޗާޖެއް ކުރާނެއެވެ. އެޕްލިކޭޝަން ބޭނުން ކުރަން ބޭނުންނުވާނަމަ ފުރަތަމަ ޗާޖް ކުރާ ފައިސާ އަނބުރާ ލިބޭނެއެވެ.

އެޕްލިކޭޝަނާއި ބެހޭ އިތުރު މައުލޫމާތު މިލިންކުން ފެންނާނެއެވެ.

ފަސް ދުވަހު އެޕްލިކޭޝަން ބޭނުން ކުރުމުން 27 ޑޮލަރުގެ އިތުރު ޗާޖެއް ކުރާނެއެވެ. ނަމަވެސް 60 ދުވަސް ވުމުގެ ކުރިން އެފައިސާ އަނބުރާ ހޯދަން ބޭނުން ވެއްޖެނަމަ އެފައިސާ ވެސް އަނބުރާ ލިބޭނެއެވެ.

މި އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްތަކަށް ފޮޓޯ ބޭނުންވާ ދާއިރާތަކުގެ މައުލޫމާތު ފެންނަން ހުންނާނެއެވެ. ކޮންމެ މަހަކު އަލަށް ލިބޭ ފުރުސަތުތައް ވެސް ފެންނާނެއެވެ. އަދި ކޮންމެ ދުވަހަކު އީމެއިލް މެދުވެރިކޮށް ކުރަން ހުރި މަސައްކަތްތައް އަންގައިދޭނެއެވެ.

އެހެންކަމުން އިންސްޓަގްރާމްގައި ރީތި ފޮޓޯތައް އާއްމު ކުރާ ފަރާތްތަކަށް މިއީ ވަރަށް ރަނގަޅު ފުރުސަތެކެވެ. ފޮޓޯގްރަފީގެ ދާއިރާ އިން ރަނގަޅު އާމްދަނީއެއް ހޯދަން ތަޖުރިބާކޮށްލަން ރަނގަޅު ވަޒީފާއަކަށް މިވަޒީފާ ވެގެން ދާނެކަން ޔަގީނެވެ.

ފޮޓޯ ޖޮބްޒްގެ ލިންކް

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޟުސުމް

    ކީއްވެތަ އެމީހުްނަށް ފައިސާ ދޭންވީ ، އަދި އެމީހުން އަނބުރައި އެފައިސާ ދެނީ ؟
    އަސްލުވާގޮތަކީ މިކަހަލަ ތަންތަނުން ހޯދާ އެމައުންޓް ކުޑަވެފައި، ގިނަފަހަރަށް މީހުން މިކަހަލަ އެޕްތައްމަތިން ހަނދާނެތި އެހިސާބުން އެލާރިކޮޅުވެސް ގެއްލުނީ.
    މިއަށް ވުރެ ރަނގަޅުވާނެ ހިލޭ ފޮޓޯ ދިނަސް.

    4
    1