ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހޮންޑާ ބްރޭންޑްގެ ސައިކަލުގެ ވިިޔަފާރި ކުރަމުން އަންނަ ޝީޝާއަށް 33 އަހަރު ފުރުމުގެ މުނާސަބަތުގައި ފެށި "ތެއްތިރީސް" ޕްރޮމޯޝަންގެ މުއްދަތު އިތުރު ކޮށްފިއެވެ.

ޝީޝާ އިން ބުނީ، އަހަރީ ދުވަހާއި ދިމާކޮށް ފެށި ތެއްތިރީސް ޕްރޮމޯޝަން ކަސްޓަމަރުންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ކަމަށެވެ. އެހެންވެ ޝީޝާއިން އެ ޕްރޮމޯޝަންގެ މުއްދަތު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމީ ކަމަށް ޝީޝާ އިން ބުންޏެވެ.

ޝީޝާ އިން ބުނީ، މިޕްރޮމޯޝަންގައި އަމާނާ ތަކާފުލްގެ އެއްބާރުލުމާއެކު 33 ނަސީބުވެރިންނަށް މޯޓަރ ކޮމްޕްރިހެންސިވް ތަކާފުލް (އިންޝުއަރަންސް) ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޯޓަރ ކޮމްޕްރިހެންސިވް ތަކާފުލް (އިންޝުއަރަންސް) އަކީ ތާޑްޕާޓީ އިންޝުއަރަންސްއާ ޚިލާފަށް، އެއްގަމު އުޅަނދުފަހަރަށް ދިމާވާ ވަރަށްގިނަ ކަންކަމުން ބަދަލުލިބޭގޮތަށް ފަރުމާކުރެވިފައިވާ ކަވަރެކެވެ. ކޮމްޕްރިހެންސިވް ކަވަރުގައި ތާޑްޕާޓީ ވެސް ހިމަނާފައިވާނެއެވެ. އޭގެއިތުރުން ކޮމްޕްރިހެންސިވް ކަވަރުގައި އަލިފާނުގެ ހާދިސާއަކުން އުޅަނދަށްލިބޭ ގެއްލުމާއި، އުޅަދު ވަގަށް ނެގުމާއި، މަގުމަތީގެ އެކްސިޑެންޓުތައަފަދަ މުހިންމު ކަވަރޭޖުތައް ހިމެނެއެވެ.

ޝީޝާ އިން ބުނީ، މި ޕްރޮމޯޝަނާއި ގުޅިގެން ޝީޝާއިން ވިއްކާ ހުރިހާ ސައިކަލަކުންވެސް ބޮޑެތި ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، މި ޕްރޮމޯޝަންގައި ހިމެނޭ އިންސްޓޯލްމެންޓް ފްލެޝް ޑީލްގެ ދަށުން ރަޖިސްޓަރވެފައިވާ ސައިކަލު އެބަހުރި ކަމަށާއި، މި ސައިކަލުތައް ދެ ދުވަސް ތެރޭގައި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް ޝީޝާ އިން ބުންޏެވެ.

ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ޝީޝާގެ އައުޓްލެޓްތަކުގައި މިވަގުތު ސްކޫޕީ ކްލަބް12، ސްކޫޕީ އައި ޕްރިސްޓީޖް، އެއާބްލޭޑް 2019، ޒޫމާ އެކްސް، ވޭވް 110އައި، ވޭވް 125އައި ހިމެނެއެވެ. ޝީޝާ އިން ބުނީ، މިހާރު ބައެއް މޮޑެލްތަކުގެ ސައިކަލުތައް ހުރީ ވަރަށް މަދުން ކަމަށެވެ.

ޝީޝާގެ އަހަރީ ޕްރޮމޯޝަނާއެކު މުޅިން އާ އިންސްޓޯލްމެންޓް ޕްލޭނެއްވެސް ޝީޝާއިން ވަނީ ތައާރަފްކޮށްފައެވެ. މި ޕްލޭންގެ ދަށުން ފަސް އަހަރަށް ޕޭމަންޓް ބަހާލައިގެން، ވޭވް 125އައި، ވޭވް 110އައި ގަނެލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބޭނެއެވެ.

ޝީޝާގެ އައުޓްލެޓްތައް ހިންގަމުންދާ ރަށްތަކުގެ ތެރޭގައި މާޅެ ހުޅުމާލެ، ހދ.ކުޅުދުއްފުށި، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން ގދ. ތިނަދޫ، ގއ. ވިލިނގިލި، ލ.ގަން ހިމެނެއެެވެ.

ޝީޝާއަކީ ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރެވެ.