ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަނެއްކާވެސް އިތުރުކޮށްފިއެވެ.

ގަތަރު އެއާވޭސް އިން ހާމަކޮށްފައިވާ ގޮތުގައި، މިއަދުން ފެށިގެން ފަހުުން އެެ އެއާލައިނުން ރާއްޖެއަށް ދުވާލަކު 4 ދަތުރުު ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލިއިރު، އެންމެ ފުރަތަމަ އެ އެއާލައިނުން ރާއްޖެއަށް ކުރީ އެންމެ ދަތުރެކެވެ. އޭގެ ފަހުން އެެ އެއާލައިނުން ރާއްޖެއަށް ކުރީ ދުވާލަކު ތިން ދަތުރެވެ.

މިއީ ބޯޑަރު ހުޅުވާލިފަހުން، އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރި ތިން ވަނަ ފަހަރެވެ.

ގަތަރު އެއާވޭސްއަކީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ރާއްޖޭޭގެެ ބޯޑަރު އަލުން ހުޅުވާލި ފަހުން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ޝެޑިއުލް ކުރި އެއާލައިނެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ގަތަރު އެއާވޭސް އަކީ ރާއްޖެއާއި މުހިންމު މަންޒިލްތަކާއި މެދު ދަތުރުކުރަމުން އަންނަ އެއާލައިނެކެވެެ.

ކޮވިޑް-19ގެ ކުރިންވެސް ރާއްޖެއަށް އެންމެ ގިނައިން ޝެޑިއުލް ދަތުރުތައް ކުރި އެއް އެއާލައިނަކީ ގަތަރު އެއާވޭސް އެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން، އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ޑިސެމްބަރު މަހުއެވެ. އެގޮތުން އަލުން ބޯޑަރު ހުޅުވާލި ފަހުން އިއްޔެ އާ ހަމައަށް ރާއްޖެ އަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ.