ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން ގެންދިއުމަށް މޯލްޑިވިއަން އިން 50 ދަތުރުކޮށްފިއެވެ.

ބިދޭސީން މީހުން ފޮނުވާލުމަށް މޯލްޑިވިއަންއިން ބޭއްވި 50 ވަނަ ފްލައިޓް ޑާކާ އަށް ފުރީ މިއަދު އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު، ކޮވިޑް-19 އާއި ގުޅިގެން ގައުމަށް ދާން ބޭނުންވެފައިވާ ބިދޭސީންނާއި، ގަވާއިދާއި ހިލާފަށް އުޅެމުން އަންނަ ގިނަ އަދަދެއްގެ ބިދޭސީން ވަނީ މި މުއްދަތުގެ ތެރޭގައި އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ، އެ އެއާލައިނުން އެންމެ ފަހުން ބޭއްވި ފްލައިޓުގައި ބަންގްލަދޭޝްގެ 200 ރައްޔިތުން ފޮނުވާލާފައިވާ ކަމަށެވެ.

އަދި މޯލްޑިވިއަންއިން ޑާކާއަށް މީހުން ފުރުވާލި 50 ވަނަ ފްލައިޓާއިއެކު މި މަސައްކަތުގެ ދަށުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅޭ 9633 ބަންގްލަދޭޝްގެ ރައްޔިތުން ފޮނުވާލެވިފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.