ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރު 2022 ވަނަ އަހަރަކީ ރަން އަހަރެއްގެ ގޮތުގައި ފާހަގަ ކުރުމަށް ހާއްސަ ކައުންޓްޑައުން އެއް ޓޫރިޒަމް މިނިސްޓްރީން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ކައުންޓްޑައުން ކުރިއަށް ގެންދިއުމަށް ހަމަ ޖެހފިައިވަނީ އެމިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރި ކޮށްގެން ކަމަށެވެ.

މި ކައުންޓްޑައުންގައި ފަތުރުވެރިކަން ރާއްޖެއަށް ތައާރަފް ކުރުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ފާހަގަ ކޮށްލެވޭ ފާރާތްތަކުގެ ޙާއްސަ ވީޑިއޯ މެސެޖްތައް މުޅި މި އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް ވަނީ ހަމަ ޖެހިފައެވެ.

"ފަތުރުވެރިކަމުގެ ރަންއަހަރު 2022" ކައުންޓްޑައުން އިފްތިތާހްކޮށްފައިވަނީ ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާ އަދި ރާއްޖޭގައި ފަތުރުވެރިކަން ފެށުމުގައި އިސްކޮށް ހަރަކާތްތެރިވި އިޓަލީ ވިލާތުގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، އަންނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރަށް ވުމުގެ ސަބަބުން އަންނަ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރުމުގެ މަސައްކަތްތައް ދާއިރާގެ ފަރާތްތަކާއި ގުޅިގެން މިހާރުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

އަންނަ އަހަރު ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާއިރު، މިއަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ހީވެސް ނުކުރާހާވަރުގެ ގެއްލުންތަކެއް ލިބިފައެވެ. އެހެން ނަމަވެސް މިހާރު އެ ސިނާއަތް ރަނގަޅުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    އެމްޑިޕީ އެެއްޗެހިންގެ ކިބައިން ސަލާމަތްވާނެ ދުވަހަކަށް ކައުންޓްޑައުންއެއް ނެތްތޯ