އެމެރިކާ ފަތުރުވެރިންގެ މެދުގައި ޗުއްޓީ ހޭދަކުރުމަށް މަގުބޫކު މަންޒިލުތަކުގެ ލިސްޓުގެ ކުރިން ރާއްޖެއިން ޖާގަ ހޯދައިފިއެވެ.

އެމެެރިކާގެެ ޓްރެވަލް އެޖެެންސީތައް ހިމެނޭ އެކްސްޕީޑިއާ އިން ނެރެފައިވާ "އެެކްސްޕީޑިއާ ޓްރެވަލް ޓްރެންޑްސް" ރިޕޯޓުން ދައްކާ ގޮތުން އެ ގައުމުގެެ ފަތުރުވެރިންގެ މެެދުގައި އެންމެ މަގުބޫލީ މޫދާއި ގޮނޑުދޮށްތައް ހިމެނޭ މަންޒިލްތަކެެވެ. އެމެެރިކާގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު 10 މަންޒިލްގެ ތެރޭގައިވެސް ހިމެނެނީ އެފަދަ ތަންތަނެެވެެ.

މި ލިސްޓުގެެ ހަވަނައިގައި މިހާރު އޮތީ ރާއްޖެއެވެެ. އެކްސްޕީޑިއާއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖެއަކީ ގުދުރަތީގޮތުން މުއްސަނދި ހިތްގައިމު މަންޒިލެކެވެެެ. އެގައުމުގެ ރައްޔިތުންގެ މެދުގައި އަބަދުވެސް ރާއްޖެ މަގުބޫލުކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މި ލިސްޓުން ދެން ޖާގަ ހޯދާފައިވާ މަންޒިލްތަކުގެ ތެރޭގައި ބަހާމަސް އާއި އަރުބާ، ފްރެންޗް ޕޮލިނީޝިއާ ފަދަ މަންޒިލްތައް ހިމެނެއެވެެ. މި ލިސްޓުގެ އެއްވަނާގައި އޮތީ މެެކްސިކޯގެ ކެންކުން އެވެ.

ރާއްޖެއަކީ އިޓަލީ އިންޑިއާ، އިނގިރޭސިވިލާތް ފަދަ ތަންތަނުގައި ވެސް މަގުބޫލު ފަތުރުވެެރިކަމުގެ މަންޒިލެކެވެ.

މިދިޔަ އަހަރު އެމެެރިކާާއިން ރާއްޖެެއަށް ޒިޔާރަތްކޮށްފައި ވަނީ 16754 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2020 ވަނަ އަހަރު ނިމުނުއިރު، 554،800 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެއެވެ.

މި އަހަރުގެ އަމާޒަކަށް ސަރުކާރުން ކަނޑައަޅާފައިވަނީ 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ.