ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޮޓޯ ސައިކަލު ސްޕެއާ ޕާޓްސް ވިއްކުމުގައި މަގްބޫލުކަމެއް ހޯދާފައިވާ މޮޓޮރައިޒް އިން "ކުމާ"ބްރޭންޑްގެ ޓައިރާއި ޓިއުބް ވިއްކަން ފަށައިފިއެވެ.

މާލޭގައި ފިހާރަކާއި ސާވިސް ސެންޓަރެއް ހިނގަމުން އަންނަ މޮޓޮރައިޒްއަކީ މީގެ ނުވަ އަހަރު ކުރިން މި ވިޔަފާރީގެ ތެރެއަށް ވަން ބައެކެވެ. މޮޓޮރައިޒް އިން ހދ. ކުޅުދުއްފުށީގައިވެސް ފިހާރައެއް ހިންގަމުން ދެއެވެ.

މޮޓޮރައިޒްގެ ވެރިޔާ ހުސައިން ޒާހިރް ޒޭން ވިދާޅުވީ، އެ ފިހާރައިން ސައިކަލު ސްޕެއާ ޕާޓްސް ވިއްކަމުންދާއިރު، މާލޭގައި ގަރާޖެއްވެސް އެ ކުންފުނިން ހިންގަމުންދާ ކަމަށެެވެ.

އަދި އެ ކުންފުނީގެ ދެ ފިހާރައިންވެސް ފުޅާދާއިރާއެއްގައި ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ސައިކަލުގެ ސްޕެއާ ޕާޓްސް އެއްޗެހި ވިއްކަމުންދާ ކަމަށްވެސް ޒޭން ވިދާޅުވިއެވެ. އެގޮތުން މިހާރު ކުމާ ބްރޭންޑްގެ ޓައިރާއި ޓިއުބްވެސް ވިއްކަމުންދާ ކަމަށް ޒޭން ފާހަގަކުރެއްވިއެވެ.

ޒޭން ވިދާޅުވީ، އެ ކުންފުނީގެ ގަރާޖުން އެއްގަމު ހުރިހާ އުޅަނދަކަށް ދިމާވާ މައްސަލަތައް ހައްލުކޮށްދިނުމާއި، ސައިކަލުގެ ސްޕެއާ ޕާޓްސް އެއްެޗެހި ބަދަލު ކުރުމުގެ ކަންކަން ކުރިއަށްގެންދާ ކަމަށެވެ.

މޮޓަރައިޒްގެ މާލެ ފިހާރަ ހުންނާނީ،މާފަންނު ހަނދުވަރީ ހިނގުމުގައެވެ. އެ ފިހާރައިގެ ނަމްބަރަކީ 9992266 އެެވެ.

ޒޭން ވިދާޅުވީ، އެ ކުންފުނީގެ ފިހާރަތަކުން ވިއްކާ ތަކެތި ޑެލިވަރީވެސްކޮށްދެމުންދާ ކަމަށެވެ. އެގޮތުން ރަށްތަކަށް ޑެލިވަރީ ކުރުމަށް ބޯޓު ފަހަރުތަކާއި ލޯންޗް ފަހަރުތަކަށް ފިހާރައިން ވިއްކާ ޑެލިވަރީކޮށްދެމުންދާ ކަމަށް ޒޭން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު