ގިނަ ލުއިތަކަކާއި އެކު އެެސްޓީއޯ އިން މާލޭ އާ ހާބަރު ސަރަހައްދުގައި ގާއިމްކޮށްފައިވާ ފުޑްކޯޓުތަކުގެ ތެރެއިން 13 ތަނެއް ބީލަމަށް ހުޅުވާލައިފިއެވެ.

"ރާވެރިބޭ ކޮއްތުވެެނި"ގެ ނަމުން ނަންދީފައިވާ އާ ހާބަރު ފުޑްކޯޓުތަކަށް ބީލަން ހުށަހެޅުމުގެ އެންމެެ ފަހު މުއްދަތަކީ މިމަހުގެ 14 ވަނަ ދުވަހުގެެ 14:00 އެވެ. ފުޑްކޯޓުތަކަށް ބީލަމަށް ހުސަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިމަހުގެ 10 ވަަނަަ ދުވަހުގެ 14:00 އިން އެދުވަހު 15:00 އަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެެސްޓީއޯ އިން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވާގޮތުން ފުޑްކޯޓުތަކަށް ބީލަމަށް އެދި ހުށަހަޅާ ފޯމު އެ ކުންފނީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެ އެވެ.

ޕްރޮޕޯސަލް ހުށަހެޅުމުގެެ އެންމެ ފަހު ވަގުތަކީ 14 ވަނަ ދުވަހުގެެ 14:00 ކަމަށް ފާހަގަކޮށް އެސްޓީއޯގެ އިއުލާނުގައި ވިދާޅުވެފައި ވަނީ އެވަގުތު ހަމަވުމާއި އެކު ޕްރޮޕޯސަލް ހުށަހެޅި އެން،މެންގެ ހާޒިރުގައި ޕްރޮޕޯސަލްތައް ހުޅުވާނެ ކަމަށެވެެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެެން އަމްރު ކޮށްފައިވާ ޓްވީޓެެއްގައި ވަނީ މިފަހަރު ބީލަަމަށް ފުޑްކޯޓުތައް ދޫކޮށްލުމަށް ހަމަޖެހިފައި ވަނީ ބޮޑެތި ލުއިތަކަކާއި އެކު ކަމަށެވެ.

އެެގޮތުން ކުރިން ފުޑްކޯޓުތައް ހަވާލުކުރުމުގެ ކުރިން ނަގަމުން ދިޔަ ތިިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓް ތިން މަހަށް ކުޑަ ކުރެވިފައިވާކަމަށާއި، ކުރިން ބިޑް ސެކިއުރިޓީގެ ގޮތުުގައި ނެެގި 100،000 ރުފިޔާ މިހާރު ނުނަގާނެ ކަމަށެވެ. އަދި އެޑްވާންސް ކުލިވެސް މިހާރު ނުނަގާނެ ކަމަށް އޭނާ ވަނީ ވިދާޅުވެެފައެވެ.

މީގެ އިތުރުން އަމްރު ވަނީ ކުރިިން ބިޑްކުރާއިރު ހުށަހަޅާ ބިޒްނެސް ޕްރޮޕޯސަލް މިހާރު ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައެެވެ.

ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އާ ހާބަރު ސަރަހައްދުގައި އެސްޓީއޯ އިިން ތިން ސައިޒެއްގެ ކެފޭޭ ވަނީީ ގާއިމްކޮށްފައި ވެެއެެވެ. އޭގެ ތެރޭގައި ހިމެނެނީ 960 އަކަފޫޓުގެ ތަންތަނާއި 1260 އަކަފޫޓު އަދި 1660 އަކަފޫޓުގެ ކެފޭތަކެވެ.