މުޅި ރާއްޖެއަށް ވިޔަފާރި ފުޅާކުރަމުން އަންނަ "ލިބޭ" އިން ލޭންސްލޭ ސްލިމިންގ ކޮފީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ކޮފީ ބައްލަވައިގަންނަވާ ފަރާތްތަކަށް އާދަޔާއި ހިލާފު ހެޔޮ އަގެއްގައި ކޮފީ ލިބޭނެ ކަމަށެވެ.

"އާއްމުންގެ ވަރަށް ބޮޑު މަގުބޫލުކަމެއް މިހާރު ލޭންސްލޭ ސްލިމިންގ ކޮފީއަށް ވަނީ ލިބިފައި. އެއީ ކޮފީގެ ސަބަބުން ނަތީޖާ ފެންނަމުން ދާތީ. އެހެންވެ ގިނަ ބަޔަކަށް ހެޔޮ އަގެއްގައި ކޮފީ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް އާއަހަރާއި ދިމާކޮށް ޕްރޮމޯޝަން މިފެށީ" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ހަމައެކަނި "ލިބޭ" އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ކޮފީ ބައްލަވައި ގަންނަވާ ފަރާތްތަކަށް ކޮފީ ލިބޭނީ ރާއްޖެ އިން ލޭންސްލޭ ސްލިމިން ކޮފީ ލިބޭނެ އެންމެ ހެޔޮ އަގުގައި ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

ކޮފީ ބައްލަވައި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެ ސަރަހައްދުން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ