ތުރުކީގެ ޤައުމީ އެއާލައިން ކަަމަށްވާ ޓާކިޝް އެއާލައިނުން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް އިތުރުކޮށްފިއެވެ.

ޓާކިޝް އެއާލައިނުން ވަނީ މިމަހުގެ 17 ވަނަ ދުވަހުގެެ ނިޔަލަށް ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރެއް ބާއްވާނެކަން އިއުލާންކޮށްފައެވެ.

މިހާރުު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ރާއްޖޭގެެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެެންމެެ ފުރަތަމަ ދަތުރު ފެށި އެއާލައިންތަކުގެެ ތެެރޭގައި ޓާކިޝް އެއާލައިން ހިމެެނެއެެވެެ. ބޯޑަރު ހުޅުވާލި ފަހުން ޓާކިޝް އެއާލައިންގެ ދަތުރުތައް މެދުކަނޑާލައިފައި އޮތުމަށް ފަހު ރާއްޖެއަށް ދަތުުރުތައް ފަށާފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހުއެެވެ.

އޭރު އަލުން ދަތުރުތައް ފެށި އިރު ކުރިން ދުވާލަކު އެއް ފްލައިޓު ބާއްވަމުން އައިނަމަވެސް އެެ އަދަދު މަދުކޮށް އޭރު ޝެޑިއުލް ކޮށްފައި ވަނީ ހަފްތާއަކު އެއް ދަތުރު އެ އެއާލައިނުން ރާއްޖެއަށް ކުރުމަށެވެ. އޭގެެ ފަހުން މި އަދަދު އިތުރުކޮށް ހަފްތާއަކު ދެ ދަތުރު މިހާރު އަންނަނީ ބާއްވަމުންނެވެ. އެ އެެއާލައިނުން ޖުލައި މަހުގެ ތެރޭގައި ދަތުރުތައް ފަށާފައި ވަނީ އޮކްޓޯބަރު މަހުގެ ތެެރޭގައި ރާއްޖެެއަށް ކުރާ ދަތުރުތައް ފެށުމަށް ފުރަތަމަ އޮތްް ނިންމުމަށް ބަދަލު ގެނައުމަށް ފަހު އެެވެެ.

ކޮވިޑް-19 ފެތުރެން ފެށުމުގެ ކުރިން ޓާކިޝް އެއާލައިންސް އިން ކޮންމެ ދުވަހަކު ތުރުކީގެ އިސްތަންބޫލާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ދަތުރުތައް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު