މިއަހަރުގެ. މިހާތަނަށް ރައްޖެ އައި ފަތުރުވެރިންގެ އަދަދު 13000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމަޔަށް ރާއްޖެ އައިސްފައި ވަނީ 13،006 ފަތުރުވެރިންނެވެ. އޭގެ ތެރެއިން މި މަހުގެ ފުރަތަމަ ދުވަހު އައިސްފައިވަނީ 2،005 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ ދުވަހު އައިސްފައިވަނީ 4،160 ފަތުރުވެރިންނެވެ. އަދި ތިންވަނަ ދުވަހު އައިސްފައިވަނީ 4،195 ފަތުރުވެރިންނެވެ. އިއްޔެގެ ނިޔަލަށް ރައްޖެ އައީ 2646 ފަތުރުވެރިންނެވެ.

އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ އެންމެެ ކުރީގައި އޮތީ ރަޝިޔާ އެވެ.

ރަޝިޔާއިން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ، 4121 ފަތުރުވެރިންނެވެ. މި ލިސްޓުގެ ދެވަނައިގައި އޮތީ އަވައްޓެރި އިންޑިއާ އާއި ޔޫކްރެއިން އެވެ. އިންޑިއާއިން 1080 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޔޫކްރެއިން އިންވެސް މި އަދަދަށް ރާއްޖެއަށް ފަތުރުވެެރިން އައިސްފައި ވެެއެވެެ. އެ މިނިސްޓްރީ އިން ޔޫކްރެއިން ރޭޓްކޮށްފައި ވަނީ ލިސްޓުގެ ތިންވަނައިގެެ ގޮތުގައެވެ.

843 ފަތުރުވެެރިންނާއި އެކު ކަޒަކިސްތާން ލިސްޓުގެ ހަތަރުވަނައިގައި އޮތް އިރު ފަސް ވަނައިގައި އޮތީ އިނގިރޭސިވިލާތެެވެެ. އިނގިރޭސިވިލާތުން މިހާތަނަށް ރާއްޖެ އައިސްފައި ވަނީ،. 843 ފަތުރުވެރިންނެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅުން ހުރި އިދާރާތަކުން ދަނީ ގިނަ ގުނަ މަސައްކަތަކެއް ކުރަމުންނެވެ.

އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާއި ގުޅޭ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.