ސޮނެވާ ގްރޫޕްގެ ދަށުން ހިންގަމުން އަންނަ ސޮނެވާ ޖާނީ އަދި ސޮނެވާ ފުށީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ސާވިސް ޗާޖްގެ ގޮތުގައި ޑިސެންބަރު މަހު 2،663 ޑޮލަރު ( 41،063ރ) ދީފިއެވެ.

އެ ކުންފުނިން ނ. އަތޮޅުގައި ހިންގާ ސޮނެވާ ޖާނީ އާއި ބ. އަތޮޅުގައި ހިންގާ ސޮނެވާ ފުށީގައި މަސައްކަތް ކުރާ މުވަްްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު 2،663 ޑޮލަރު ދިންއިރު، މިއީ ދެ ރިސޯޓް އެއްކޮށްލައިގެން ލިބުނު އާމްދަނީ ބަހާލައިގެން ކޮންމެ މުވައްޒަފަކަށް ވީ ވަރެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެފައިވާއިރު, ޑިސެންބަރު މަހު އެކަނި އެއްލައްކަ އާ ގާތް ކުރާ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައި ވެއެވެ.

ސޮނެވާ ޖާނީ އާއި ސޮނެވާ ފުއްޓަކީ ފުދޭވަރަކަށް ގިނައިން ފަތުރުވެރިން އަންނަ ދެ ރިސޯޓެވެ.

ރާއްޖެ އިން ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖް ދީފައި ވަނީ ވެލާ ޕްރައިވެޓް އައިލެންޑުންނެވެ. އެ ރިސޯޓުން ކޮންމެ މުވައްޒަފަކަށް 1،832 ޑޮލަރު ދީފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ނns

  👍👍👍👍👌😃😃👏👏👏👏

  12
  1
 2. ރިސޯޓް ބޯއީ

  ރިސޯޓްތަކުގެ މުވައްޒަފުން ރެޔާ ދުވަލު ކުރާ ބުރަ މަސައްކަތަކީ އަހަރަކު އެއްފަހަރު މިހެން ލިބޭ ޑޮލަރުކޮޅަކުން އަގު އަދާ ކުރެވޭނެ މަސައްކަތެއް ނޫނެވެ. މުޅި ދިވެހި ދަޢުލަތަށް ލިބޭ ގިނަ ޢަދަދެއްގެ ފައިސާ ބިނާވަނީ ރިސޯޓް މުވައްޒަފުން އަނބިދަރީންނާ ދުރުގައި ވާ ޤުރުބާނީގެ މައްޗަށެވެ.

  39
  4
  • ރިސޯޓު ބޯއީ

   މާލެ އަތޮޅު ވަރު ރިސޯޓު ގައި ޑިސެންބަރު މަހު ގެސްޓުން 100% އާއި 90% ދެމެދު އުޅުން 90% ޕަސެންޓައް ވުރެން ދައްނުވޭ.. 10 އާއި 12، 13 ގަޑީ އިރު މަސައްކަތް ކުރަން ޖެހޭ އެކަމަކު ސާވިސް ޗާޖް ގޮތުގައި ދިނީ 393 ޑޮލަރު މިއީ އިންސާފުތޯ...

 3. ޏދ

  👌👌👌👌👌👌👌👌👌😘