މުޅި ރާއްޖެއަށް ވިޔަފާރި ފުޅާކުރަމުން އަންނަ "ލިބޭ" އިން ވިއްކާ ހުރިހާ ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ލިބޭ" އިން "ވަގުތު" އަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ލިބޭގެ ހުރިހާ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮމޯޝަން ފެށީ މިއަދު މިއީ އާ އަހަރާއި ދިމާކޮށް، ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ލިބޭ އިން ވިއްކާ ތަކެތި ލިބޭ ގޮތް ހެދުމަށް ފެށި ޕްރޮމޯޝަނެއް".

މި ޕްރޮމޯޝަން މި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ލިބޭ އިން ވިއްކާ ތަކެތި ގަންނަން ބޭނުންފުޅުވާ ފަރާތްތަކުން "ލިބޭ“ގެ ފޭސްބުކް ޕޭޖަށް މެސެޖު ކުރައްވައިގެން ނުވަތަ 9759452 ނަމްބަރު ފޯނަށް ގުޅުއްވައިގެން ކޮފީ އަށް އޯޑަރު ކުރެވޭނެއެވެ.

މި ޕްރޮޑަކްޓު މާލެ ސަރަހައްދުން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލައި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދޭނެއެެވެ. އަދި ރަށްރަށުން އޯޑަރު ކުރާނަމަ ބޯޓާއި ހަމައަށް ގެންގޮސްދޭނެއެވެ