މިއަހަރު ފަތުރުވެެރިން އެންމެ ދާން ބޭނުންވާ ހަމަންޒިލްގެެ ތެރޭގައި ރާއްޖެ ހިމެެނިއްޖެ އެެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެެ ފަތުރުވެރިކަމަށް ބޮޑު ހީނަރުކަމެއް އައިސްފައި ވަނިކޮށް ރާއްޖޭގެ ބޯޑަރު ފަތުރުވެެރިކަމަށް ހުޅުވާލާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެެވެެ. އެއާއި އެކު ރާއްޖޭގެ ފަތުރުވެެރިކަން މަޑުމަޑުން އަންނަނީ ކުރިއަރަމުންނެވެެ.

"ޓްރެެވަލް ގައިޑް، ލޯންލީ ޕްލެނެޓް" އިން ތައްޔަރުކޮށްފައިވާ ރިޕޯޓެއްގައި މިއަހަރު ފަތުރުވެރިން ޒިޔާރަތްކުރުމަށް އެެންމެ ބޭނުންވާ ހަމަންޒިލެއްގެ ތެރޭގައި ރާއްޖެ ވަނީ ހިމެެނިފައެެވެ. މީގެ އިތުރުން ޓްރެވަލްގައިޑް ލޯންލީ ޕްލެނެެޓުން ވަނީ ރާއްޖޭގައި ފަތުރުވެެރިން ޒިޔާރަތްކުރުމަށް އެންމެ ރަނގަޅު ހަތަރު މަންޒިލެެއްވެެސް ފާހަގަކޮށްފައެވެެ.

  • ހަނީމޫނަށް ދިއުމަށް އެންމެެ ރަނގަޅު ރަށަކަށް ކަނޑޮޅު މޯލްޑިވްސް
  • އަގުހެެޔޮ އެހެން ނަމަވެސް ރަނގަޅު ތަނަކަށް ބިޔާދޫ
  • ބެސްޓު ފޯ ޗޮއިސް އަށް ކުރަމަތި މޯލްޑިވްސް
  • ބެެސްޓު ފޯ އަ ރިފްރެޝްޑް އެންޑް ރިފްރެޝިން ސެންޗަރީ އަށް މާފުށިވަރު މޯލްޑިވްސް

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިވާން ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެެ. ނޮވެމްބަރު މަހުން ފެށިގެން ރާއްޖެއަށް އަންނަ ފަތުރުވެެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު، ރާއްޖެއަަށް ޕްރައިވެޓް ޖެެޓުތައް އަންނަ މިންވަރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެެފައެެވެެ.

ކޮވިޑް-19 އާއި ގުޅިގެން ބޮޑު ހީނަރުކަމެއް އައިސްފައި އޮތުމަށް ފަހު ފަތުރުވެެރިކަން އަލުން ރަނގަޅުވާން ފަށާފައިވާއިރު، މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެެރިން ގެންނަން ވަނީ އަމާޒު ހިފާފައެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ހަލުވިކޮށް ފެތުރެމުން ދާތީ އަދިވެސް ގިނަ ގައުމުތަކުގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވައެއް ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު