ދިވެހިރާއްޖެ އަކީ ފަތުރުވެރިން ދުނިޔެމަތީން ސުވަރުގެ ކަމަށް ގަބޫލުކުރާ ދުނިޔޭގެ ފަތުރުވެރިންގެ މަގުބޫލު އެއް މަންޒިލެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ރިސޯޓެއް ރާއްޖޭގައި ހުރި އިރު އިތުރު 13 ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ދަނީ ވަރަށް ހަލުވި މިނެއްގައި ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި އަލަށް ހުޅުވާ 13 ރިސޯޓަކީ:
ކޮކޯގިރި އައިލެންޑު ރިސޯޓު- ވާވު އަތޮޅު
މި ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ 1 މާރިޗު 2021 ގައި އެވެ. 20 ވޯޓާ ވިލާ އާއި 20 ބީޗް ވިލާ މި ރިސޯޓުގައި ހުރެ އެވެ. ރިސޯޓުގެ ޕޫލާއި ރިސޯޓުގެ ބީޗަކީ ހިންހަމަޖައްސާލައި އަރާމުކޮށްލުމަށް އެންމެ ފުރިހަމަ އެއްތަނަށް ވެގެންދާނެ އެވެ.
ސިޔާމް ވޮލްޑް- ނޫނު އަތޮޅު
މި ރިސޯޓަކީ ސަން ސިޔާމް ރިސޯޓްސް ގުރޫޕުގެ ދަށުން ހިންގާ ރިސޯޓެކެވެ. މި ގުރޫޕުގެ ރިސޯޓެއް ކަމަށްވާ އިރުފުށި އަށް ވަނީ ފަސްތަރީގެ ރިސޯޓުތަކުގެ ތެރެއިން އެތައް ފަހަރެއްގެ މަތީން އެވޯޑުވެސް ލިބިފަ އެވެ. 52 ހެކްޓަރުގެ ވޮލްޑް ރިސޯޓު ހުޅުވަން ހަމަޖެހިފައި ވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެވެ. މި ރަށުގެ ވަށައިގެން 1.5 ކިލޯމީޓަރުގެ ފަރެއް އޮވެއެވެ.
ކަޕެލާ މޯލްޑިވްސް، ފަރި އައިލެންޑްސް- ނޯތު މާލެ އަތޮޅު
މި ރިސޯޓަކީ ޖަޕާނުގެ އާކިޓެކްޗަރެއްގެ ކަމަށްވާ ކެންގޯ ކުމާ އާއި ހޮންގް ކޮންގް ގެ ޑިޒައިނަކަށް ފަރުމާކޮށްފައިވާ ހިތްގައިމު އުޅެން ފަސޭހަގޮތަކަށް ހަދާފައިވާ ރިސޯޓެކެވެ. މޫދުގައި ހުރި ކޮޓަރިތަކާއި ބީޗުގައި ހުރި ކޮޓަރިތައް ހަދާފައި ވަނީ ޗުއްޓީހޭދަކޮށްލުމަށް މަޑުކޮށްލައި އަރާމުކޮށްލަން އެންމެ ފުރިހަމަ ގޮތަށެވެ.
ދަ ރިޓްސް-ކާލްޓަން މޮލްޑިވްސް، ފަރި އައިލެންޑްސް- ނޯތު މާލެ އަތޮޅު
ޕެޓިނާ މޮލްޑިވްސް، ފަރި އައިލެންޑްސް- ނޯތު މާލެ އަތޮޅު
މި ރިސޯޓަކީ ފަރި ރަށުގައި ހިމެނޭ ތިން ރިސޯޓުތަކުގައި ހިމެނޭ ރިސޯޓެކެވެ. އޭގެ ތެރޭގައި ރިޓްސް ކާލްޓަން، ކަޕެލާ މޮލްޑިވްސް އަދި ޕެޓިނާ މޮލްޑިވްސް އެވެ. ބީޗް ވިލާ އާއި ވޯޓާ ވިލާ ތަކުގެ ޢަދަދު 110 އަށް އަރާއިރު ކޮންމެ ތަނަކީވެސް ހިތްގައިމު އަރާމުކުރަން އެންމެ ބަރާބަރަށް ހަދާފައިވާ ތަންތަނެވެ.
ދަ ޗެޑި ކުޑަ ވިނލިގިނލި- މާލެ އަތޮޅު
މި ރިސޯޓުގައި 99 ވިލާ ހުރެއެވެ. އަދި 150 މީޓަރުގެ ސެންޓްރަލް ޕޫލެއް ރިސޯޓުގައި ހުންނައިރު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ރިސޯޓަށް 25 މިނެޓު ތެރޭގައި ދެވެއެވެ.
ލޭ މެރީޑިއަން މޮލްޑިވްސް ރިސޯޓު އެންޑް ސްޕާ
މަޑުފުށި ޕްރައިވެޓް އައިލެންޑު- މީމު އަތޮޅު
ޓޮލާނޯ މޮލްޑިވްސް ކުނާވަށި ރިސޯޓު- ވާވު އަތޮޅު
ގްރޭން މެލިއާ ހުރަވީ- ތ.އަތޮޅު
މި ރިސޯޓުގައި 100 ވިލާސް ހިމެނޭއިރު 48 ޑަބަލް ވިލާ އާއި 30 ސިންގަލް ވިލާ ހިމެނެ އެވެ. އަދި ދެ ޕްރެޒިޑެންޝަން ސޫޓްސް އާއި އެއް ޕްރައިވެޓް އައިލެންޑް ވިލާ ހުރެއެވެ. އެ ޕްރައިވެޓް އައިލެންޑުގައި 12 ކޮޓަރު ހުރެއެވެ.
އަވަނި ފަރެސް މޮލްޑިވްސް ރިސޯޓު- ބ.އަތޮޅު
މި ރިސޯޓުގައި 200 ގެސްޓު ރޫމު ހުރެއެވެ.
މަނިޔާ ފަރު ރިސޯޓު- ސައުލު މާލެ އަތޮޅު
ޒަޒް އެސްކޭޕް މޮލްޑިވްސް- ސައުތު އަރިއަތޮޅު
މި ރިސޯޓަކީ ބޮޑެތި މީހުންނަށް ހާއްސަ ރިސޯޓަކަށް ވާއިރު މި ރިސޯޓަކީ ތައިލެންޑު ޔުނިކޯން ހޮސްޕިޓަލިޓީގެ ތަނެކެވެ. މި ރިސޯޓަށް ސީޕްލޭން ގައި މާލެއިން 35 މިނެޓު ތެރޭގައި ދެވޭއިރު ސްޕީޑް ބޯޓުން މާލެއިން ރިސޯޓަށް ދެވެނީ އެއް ގަޑިއިރާއި 45 މިނެޓު ތެރޭގައި އެވެ.
ރާއްޖޭގައި މިހާރު ވެސް 130 އަށްވުރެ ގިނަ ރިސޯޓް އެބައޮތެވެ. އަދި ވަރަށް ގިނަ ރަށްތަކެއްގައި ރިސޯޓްތައް ހެދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށް ދެއެވެ.
ސުކުރި އްޔާ ރަ އިސްޔާމީން އައ އް ޔާމީންގެ ޒަ އާމަތުގަ މަސަ އްކަތްތަ އްފެށި ރިޒޯޓް ތަ އް ނިމި ފޮނިމީރުމޭވާ ސޯލިބޭ ކަނޑަންޖެހޭ ރެބަންފަ އްތަކުން މިދަނީ ފެންނަމުން
މި ފެންނަނީ ކާކުގެ މަސައްކަތެއްހޭ! މިއީ ރައީސް ޔާމީންގެ މަސައްކަތްނޫންހޭ؟ ތިތިބީ ޔާމީން މަސައްކަތްކޮށް ރުވާދައްކައިލ ގަސްތަކުން މާ ބިންނަންނޫންހޭ؟