ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ހޯލްސޭލް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަން ހޯލްސޭލް ސެންޓަރުން ފޯމަސް ތައާރަފްކޮށްފިއެވެ.

ފޯމަސްއަކީ ފްރާންސްގެ ސެންޓުގެ އިންގިލާބުގެ އެންމެ ފަހުގެ އުފެއްދުމެވެ އަދި މިބްރޭންޑަށްވަނީ ފްރާންސްގެ 2020ވަނަ އަހަރުގެ އެންމެ މޮޅު ޕްރޮޑަކްޓްއަށް ނޮމިނޭޓްވެފައެވެ. ފޯމަސްއަކީ ދުނިޔޭގައި އުފެއްދި ހަށިގަނޑުގެ ހިރުހާ ތަނެއްގައި ބޭނުންކުރެވޭ ހަމައެކަނި ޕާފިއުމްއެވެ.

Posted by Foamous Maldives on Thursday, 7 January 2021

ނިއުއެޑިޝަންގައި ކުރިޔަށްދިޔަ ލޯންޗިން ހަފްލާގައިވަނީ ފޯމަސްގެ ސީއީއޯ ސްޓެފޯން ވަރާން އަދި ސީއޯއޯ ކްރިސްޓީން ވަރާން ބައިވެރިވެފައެވެ. ހަފްލާގައި ވާހަކަދައްކަވަމުން ފޯމަސްގެ ސީއީއޯ ވިދާޅުވެފައިވަނީ ފޯމަސްއަކީ ފްރާންސްގައި ސެންޓު ބޭނުންކުރާގޮތަށް އައު އިންގިލާބެއް ގެނުވާފައިވާ ބްރޭންޑެއް ކަމަށެވެ. އަދި ފޯމަސްގެ ޕާފިއުމް ފޯމަކީ ހަމަށާއި އިސްތަށިގަނޑަށް ނުހަނު ފައިދާކުރުވާ އެލޯވޭރާ ހިމެނޭ މޮއިސްޓުރައިޒިން ފޯމެކެވެ.

"އާންމު ސެންޓުގައި އަލްކޮހޮލް ޕަސަންޓު ގިނަވުމާއެކު ހަމަށް އަދި އިސްތަށިގަނޑަށް ރަނގަޅެއް ނޫން، އަދ ފޯމަސްގައި އަލްކޮހޮލް ޕަސެންޓު ހުންނަނީ އެންމެ %3 ގައި އަދި އެއްވެސް އެލާޖެންއެއް ނުލާ ތައްޔާރުކޮށްފައިވާނީ، ވީމާ ކޮންމެ ބާވަތެއްގެ ހަމުގައިވެސް، ސެންސިޓިވް ސްކިންގައިވެސް ފޯމަސް ބޭނުންކުރެވޭނެ އަދި ރައްކާތެރިވާނެ" ސްޓެފަން ވިދާޅުވިއެވެ.

Posted by Foamous Maldives on Thursday, 7 January 2021

ފޯމަސްގެވަސް 6ގަޑިއިރުވަންދެން ފަނޑުނުވެހުރެއެވެ އަދި 100އެމްއެލް ބޮޑު ފޫޅިއަކުން 400+ ފަހަރު ބޭނުންކުރެވެއެވެ. ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި ފޯމަސްގައި 12 ވަހެއް ހުރެއެވެ އަދި މައްޝޫރު ޗުޕާ ޗުޕްސް ބްރޭންޑްއާއެކު އިތުރު 4 ވަހެއް ހިމަނާފައިވެއެވެ. ފޯމަސްގެ ވަސްތަކުގެ ތެރޭގައި ފްރުޓީ، ފޮނި އަދި ފްލޯރަލް ވަސްތައްވެސް ހިމެނެއެވެ. އަދި ދިވެހިންނާއިވަރަށް ގުޅޭނެއެވެ.

ފޯމަސްއަކީ ގިނަބަޔަކަށް ގަނެވޭނެހެން ހެޔޮއަގުގައި ލިބެން ހުންނާނެ ސްޕްރޭއެކެވެ. ނިއު އެޑިޝަނުން މައުލޫމާތުދޭގޮތުގައި ނިއު އެޑިޝަނުން އަބަދުވެސް ބަލާނީ އާންމުންނަށް ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތަކެއް ހެޔޮއަގުގައި ފޯރުކޮށްދިނުމަށެވެ. އެގޮތުގެމަތިން ޖީއެސްޓީއާއިއެކު ރީޓެއިލްކޮށް 100އެމްއެލް ފުޅިއެއް 295ރ އަށް އަދި 50އެމްއެލް ފުޅިއެއް 190ރ އަސް ލިބިވަޑައިގަންނަވާނެއެވެ.

Posted by Foamous Maldives on Thursday, 7 January 2021

ނިއުއެޑިޝަނުން މައުލޫމާތުދޭ ގޮތުގައި، ފޯމަސް ހޯލްސޭލްކޮށް ވަރަސް ޙައްސަ އަގެއްގައި ލިބެން ހުންނާނެއެވެ، އަދި ނަންގަވާފަރާތްތަކަށް ޑިސްޕްލޭ ރެކްއެއް ހިލޭ ލިބޭނެއެވެ. ނިއު އެޑިޝަން ހޯލްސޭލް ސެންޓަރަށް އޯޑަރުދެއްވުމަށް 9972727 9672727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ބޯޓަށް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި އޮންލައިން ޓްރާންސްފާއިން ފަސޭހައިން ފައިސާ ދައްކާލެވޭނެއެވެ.

ފޯމަސް ރީޓެއިލްކޮށް ނިއުއެޑިޝަން، އެފްޑީ ސްޕޯޓްސް އަދި ނޯޓް މޮނޯ ސްޓޯއިން ލިބިވަޑައިގަންނަވާނެއެވެ. އަދި ފަސޭހައިން އޮންލައިންކޮށް ވެބްސައިޓް މެދުވެރިކޮށްވެސް ގަނެލެވޭނެއެވެ. އަދި ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ.

ނިއު އެޑިޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާގޮތަށެވެ.