ރަމަޟާން މަހާއި ދިމާކޮށް ވަރަށް ބޮޑަށް އުފުލުނު ކަރާގެ އިތުރުން އެހެން ގިނަ ތަކެތީގެ އަގު ވެސް އެއްވަރެއްގައި ހިފެހެއްޓިއްޖެއެވެ. ނަމަވެސް ލެޓިއުސްގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ރަމަޟާން މަސް ފެށުނު އިރު 180 ރުފިޔާއަށް ހުރި ލެޓިއުސް ކިލޯ މިއަދު ބާޒާރުގައި ލިބެން ހުރީ 250-280 ދެމެދުގެ އަގުތަކެއްގައެވެ.

ލެޓިއުސްގެ އަގު މިހާބޮޑަށް އުފުލެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ލެޓިއުސް ނުލިބުން ކަމަށާއި ކަސްޓަމަރުން ލެޓިއުސް ބޭނުންވާ ވަރަށް މާލެ އަށް ލެޓިއުސް ނުގެނެވޭ ކަމުގައި ވިޔަފާރިވެރިން ބުނެއެވެ.

"ލެޓިއުސްގެ އަގު ބޮޑުވަނީ ބޭނުންވާ ވަރަށް ނުލިބޭތީ. މިތަނަށް ބަލާލިޔަސް އެކަން ފެންނާނެ. މި ދެތިން ގޮޅީގައި ލެޓިއުސް މި ހުރީވެސް" ވިޔަފާރިވެރިއަކު "ވަގުތަށް" މައުލޫމާތު ދެމުން ބުންޏެވެ.

ލެޓިއުސްގެ އަގު އުފުލިފައިވާ އިރު ރޯދަމަސް ފެށުނު އިރު ބޮޑުތަނުން އުފުލުނު މިރުހުގެ އަގު ވަނީ ވަރަށް ބޮޑުތަން ވެއްޓިފައެވެ. އެގޮތުން ކުރިން 500-400 ރުފިޔާއަށް ވިއްކި މިރުހުގެ 100 ގްރާމް މިހާރު ބާޒާރުގައި އުޅެނީ 25 ރުފިޔާ އާއި 35 ރުފިޔާ އާއި ދެމެދުގައެވެ.

މިރުހުގެ އަގު މިހާބޮޑަށް ވެއްޓެން މެދުވެރިވީ މިރުސް ލިބޭ ވަރަށް ވުރެ މިރުހުގެ ވިޔަފާރި ދަށްވުމުން ކަމުގައި ވިޔަފާރިވެރިން ބުނެއެވެ.

އެހެނިހެން ބާވަތްތަށް:

ކަރާ :20- 25ރ ކިލޯ

ލުނބޯ : 55-65ރ ކިލޯ

ކިޔުކަންބާ : 30ރ ކިލޯ

ކެބެޖު :35ރ ކިލޯ

ކެރޮޓް: 20ރ ކިލޯ

ކޮޕީފަތް ބޮޑި: 15ރ ބޮނޑިއެއް

ކުށްޅަފިލާފަތް : 15ރ ބޮޑިއެއް

ކުރުނބާ : 35-45ރ

ކާށި : 4-7ރ

އަނބު : 50ރ ބައެެއް