ފަތުރުވެރިންނާއެކު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފުރަތަމަ ޗާޓާޑް ސީޕްލޭން ޖައްސައިފިއެވެ.

މި ސީޕްލޭން ޖައްސާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ގަން އެއާޕޯޓް ހިންގަމުންދާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ އޮފިޝަލަކު ވިދާޅުވީ، އެއީ މޯލްޑިވިއަންގެ ޗާޓާޑް ސީޕްލޭނެއް ކަމަށާއި، އެ ސީޕްލޭންގައި ހަތް ފަތުރުވެރިން އައި ކަމަށެވެ.

އަދި އެ ސީޕްލޭނަކީ މާލެ ސަރަހައްދުގައި އޮންނަ ރިސޯޓެއްގައި ތިބި ފަތުރުވެރިންތަކެއް ގޮވައިގެން، އެ އެއާޕޯޓްގައި ޕާކްކޮށްފައިވާ ޖެޓަކަށް އައި ފަތުރުވެރިންތަކެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ގަން އެއާޕޯޓުން ސީޕްލޭން ދަތުރުތައް ފެށުމަށް، ސީޕްލޭން ޓާމިނަލްގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، އަންނަ މަސް ތެރޭގައި އެއްކޮށް ނިމި ބޭނުން ކުރެވެން ފަށާނެއެވެ.

މިއީ ހުވަދު އަތޮޅުގެ ރިސޯޓްތަކާއި އަދި ފުވައްމުލައް ގުޅުވުމަށްޓަކައި، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު