ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކުގެ ތެރެއިން 141 ރިސޯޓެއް އަލުން އޮޕަރޭޝަަނަށް އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާފައި ވަނީ ޖުލައި 15 ވަަނަ ދުވަހުއެވެ. އެއިރުން ފެށިގެން ރިސޯޓްތައް ހުޅުވުމަށް ހުއްދަ ދެމުންގެންދިޔައިރު، މިހާރު އޮޕަރޭޝަންގައި 139 ރިސޯޓެއް އެބަ އޮތެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ 15 ވަަނަ ދުވަހު އިތުރު ރިސޯޓެއް އޮޕަރޭޝަނަށް އަންނާނެ އެވެ. އެއީ ރޮބިން ސަން ކްލަބްގެ ފުނަމައުއްޑާ އެވެ.

އަދި ޖެނުއަރީ 31 ވަނަ ދުވަހު އިންނަހުރާ މޯލްޑިވްސް ރިސޯޓް އޮޕަރޭޝަނަށް އަންނާނެ އެވެ.

މީގެ އިތުރުން، މިހާތަނަށް ދެ ޔޮޗް މެރީނާ އޮޕަރޭޝަނަށް ގެންނަން ހުއްދަ ދީފައިވާއިރު، މާލެ ސަރަހައްދުގެ ހަ ހޮޓަލަކާއި، ފަސް އަތޮޅެއްގައި ހިންގާ ފަސް ހޮޓަލަކާއި، 133 އުޅަނދަކާއި، މާލޭގެ 40 ގެެސްޓް ހައުސްއާއި، އަތޮޅު ތެރޭގައި 235 ގެސްޓް ހައުސް ހިމެނެއެވެ.

މިހާރު ރިސޯޓްތައް ދަނީ ރަނގަޅަށް ހިނގަމުންނެވެ.ބައެއް ރިސޯޓްތައް ވަނީ ފުރިފައެވެ. އަދި މިހާރު އެވްރޭޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ވަނީ އިތުުރުވާން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު