ހިޔާ މަޝްރޫޢުގެ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުޞަތު އެޗްޑީސީ އިން އާއްމުންނަށް ހުޅުވާލައިފިއެވެ. ވިޔަފާރި ޔުނިޓްތައް ބަލައޮލުމުގެ ފުރުޞަދު ދިނުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
އެޗްޑީސީ އިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ހިޔާ މަޝްރޫޢުގައި ހިމެނޭ ވިޔަފާރި ޔުނިޓުތައް ބަލައިލުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލި ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެފުރުޞަތު ވަނީ ރަޖިސްޓްރީ ކުރިފަރާތްތަކަށް ނުދެވި ކަމަށެވެ.
އެހެންނަމަވެސް ހިޔާ މަޝްރޫޢުގައި ހިމެނޭ ވިޔަފާރި ޔުނިޓުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާތީއާއި ކުރިއަށް އޮތްތަނުގައިވެސް ހިޔާ މަޝަރޫއުގެ އިތުރު ވިޔަފާރި ޔުނިޓުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާތީ، މިޔުނިޓްތައް ބަލައިލުމަށް ރަޖިސްޓަރކުރުމުގެ ފުރުޞަތު އަލުން ހުޅުވާލީކަމަށް އެޗްޑީސީ އިން ވިދާޅުވިއެވެ.
އެހެންކަމުން، މި ވިޔަފާރި ޔުނިޓްތައް ބެލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ފޯމް 10 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 17 ޖަނަވަރީ 2021 ގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށް އެޗްޑީސީ އިން އެދެއެވެ.
ރަޖިސްޓްރީ ވުމަށް ބޭނުންވާ އޮންލައިން ފޯމް
ކޮވިޑް-19 ރޯގާގެ ހާލަތާއި ގުޅިގެން، އެންމެހައި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، މި ދެންނެވުނު ތާރީޙުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށާއި (ބަދަލުގައި ވަޑައިގެންފާނެ ފަރާތްތައް ހިމެނޭ ގޮތަށް) އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތާއެކު ވަޑައިގަންނަވާ އިތުރު އެއްވެސް ފަރާތަކަށް މިޔުނިޓްތައް ބެލުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް ވެސް އެޗްޑީސީ އިން ވިދާޅުވެއެވެ.
އެޗްޑީސީ އިން ވިދާޅުވީ ރަޖިސްޓްރީކުރައްވާ ފަރާތްތަކާއެކު ވިޔަފާރި ޔުނިޓްތައް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ ތަފްސީލް އެޗްޑީސީ އިން ހިއްސާކުރާނެ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފްލޯތައް ހާއްސަކޮށްފައި ވަނީ ވިޔަފާރި ޔުނިޓްތަކަށެވެ.
މޑޕ އައުވާނުންނައް ދީ ތިޔަ ހުރިހާތަނެއް.
ހިޔާ މަޝްރޫޢުގެ ޢާއްމު 7000 ފްލެޓް ފްލެޓެއް މަހަކު 6000 ރުފިޔާއަށް ދިނަސް ދައުލަތަށް މަހަކު 4200000 ( ބަޔާޅިސް މިލިޔަން ) ރުފިޔާ ލިބޭނެއެވެ. ފްލެޓްތައް ހެދި ލޯނު އަދާކުރުމަށް ބޭނުންވަނީ 4 އަހަރެވެ. ރައިސް ޔާމީން ލޯނު ނަގާފަހުރީ ލޯނު އަދާކުރުމަށް ފައިސާ ވަންނާނޭގޮތް ބަލައިގެންނެވެ. އެސްޓީއޮއށް ގެނައި ތެޔޮޓޭންކަރުގެސަބަބުން ލިބޭ ފައިދާއާ މަހާޖައްރާފުން ލިބޭ ފައިދާއާ ބްރިޖުން ލިބޭނޭފައިދާއާ އެޔަޕޯޓުން ލިބޭނޭ ފައިދާ ލިބިގަންނަން އެގޭނީ އެކޮނެމީ ދަންނަ ބަޔަކަށެވެ.
ރައީސްޔާމީން ޤަވްމު ތަރައްޤީ ކުރެއްވީ ލޯނު ނަގައގެންނެވެ. އެލޯނުތައް އަނބުރާ ދެއްކޭނެފައިސާ ހޯދާނޭ ގޮތްވެސް ވިސްނައިގެންނެވެ. އަލަށް އުފަންކުރި 75 ރިސޯޓާ ، ތެޔޮރައްކާކުރާ ޓޭންކްތަކާ އެޔަރޕޯޓްތަކާ ބްރިޖާ މައި އިންޖީނުގެޔާ ފެޜީޓާމިނަލްއާ އެޔަރޓެކްސީ ޕާކިންއޭރިޔާއާ އަލަށްއެޅި ރަންވޭއާ އެޔާގުޅޭ ޓާމިނަލްއާ ، ހިޔާ ފްލެތްތަކާ އެހެންފަރާތްތަކާ ޙަވާލުކޯށްގެން ހެދި 10000 ފްލެޓާ ދަރުމަވްނަތް ހޮސްޕިޓަލާ މާލޭ ރިންގްރޯޑާ ސަލްމާނުމިސްކިތާ ޓްރީޓްޮޕާ މިހިރަ ތަންތަނުން އާމުދަނީ ހޯދަން އެގޭބަޔަކު ވެރިކަމުގައި ތިބިނަމަ ލޯނުތައް ނިންމަން ނަގާނީ ފަސް އަހަރެވެ. މިހާރު ވެރިކަމުގައި މިތިބީ ދުނިޔެއށް ލޯހުޅުވުމުގެބަދަލުގައި އަމިއްލަ ޖީބުފުރާނޭގޮތް ވިސްނާ މީހުންނެވެ.
ޢަސްލު މަ ވަރަށް ބޭނުން ވެފަ މިހުރީ....އެކަމަކު މިހާރު އެ ދޭނެ މީހުން އޮންނާނީ ނިންމާފަ....އެހެންވީމަ ބަލާކަށްވެސް ދާނެ ވަގުތެއް ނެތް...
ފްލެޓްތައް އާއްމުންނަށް ދެ ވޭނެ ދައްކާލެ ވޭނެ އިރެއް ނޭގެ. ލާރިގަނޑެއް ޖަހާލެ ވެން އޮތީމާ އެތަން މި ނީލަން ކިޔަނީ. ފްލެޓަށް އެދިއެދި ސަލާން ޖަހަޖަހާ ތިއްބާ އެތައް ބަޔަކު މިދުނިޔެ ދޫކޮށްފި. އާއްމުން އެފްލެޓްތައް ބޭނުން ވެގެން އެ ވާހަކަ ދެއްކީމާވ ވވަނީ ކޮތަރު ކޮއްޓަށް. ޓައިލްސްއެއް ސިމެންތި ނުޖަހައޭ ދޫކުރެ ވޭވނީ މިބުނަނީ ކީއް ވެ