މިއަހަރުގެ މިހާތަނަށް 30،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ އާއި ހަމައަށް 30،644 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު 4،195 ފަތުރުވެރިން އެދުވަހު ވަނީ އައިސްފައެވެ.
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 8،761 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 3،908 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރޭނުންނެވެ.
އެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިހާރު ރާއްޖޭގެ، 13 އަތޮޅެއްގެ 44 ރަށެއްގައި 286 ގެސްޓް ހައުސްއެއް ހުޅުވައިގެން ހިދުމަތް ދެމުން ގެންދެއެވެ. އަދި ރާއްޖޭގެ 139 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތް ދެމުންގެންދާއިރު، 11 ހޮޓަލަކާއި 131 ސަފާރީއެއް އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާއި ގުޅުން ހުރި އިދާރާތަކުން މަސައްކަތަކެއް ކުރަމުން އަންނަ ކަން ވަނީ ފާހަގަކޮށްލެވެއެވެ.
އެގޮތުން އަންނަ އަހަރުގެ އޮކްޓޫބަރުގައި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭތީ އެކަމާއި ގުޅޭ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ފަތުރުވެރިން އައެއްކަމަކު ގައުމު އޮތީ އިނދަޖެހިފަ. މުއައްސަސާތައް ބިކަވެފަ. ފެނހޮޅިއެއް ފެޅުނަސް ބައްދާލެވޭވަރުގެ އެއްޗެއްވެސް ނުލިބެ. ޢިންޖީނުގެތަކަށް ސިޔާސީ މަގާމްތަކަށް މީހުންނަގާފަ. ޢެހެން އިދާރާތަކުގެ މަގާމްތަކަށް މީހުންނަގާކަށް ހުއްދައެއް ނުދެ. ސުޕަ ނެޖޯރިޓީ ލިބުނީމާ ބުރުއަޅަނީ ފަހަތައް . ÷