ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބްރޭންޑެޑް ކޮސްމެޓިކްސް އަދި ޕާފިއުމް ހޯލްސޭލް ވިޔަފާރި ކުރަމުންދާ ނިއު އެޑިޝަނުން ހިންގަމުން އަންނަ އިންޓަނޭޝަނަލް ސްޓޯއެއް ކަމަށްވާ އެފްޑީ ސްޕޯޓްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބުރުކީނީ ތައާރަފްކޮށްފިއެވެ. އެފްޑީ ސްޕޯރޓްސް އަކީ ބުރުގާ އަޅާ އަންހެން ބޭފުޅުންނަށް ޙާއްސަ އިންޓަނޭޝަނަލް ސްޕޯރަޓްސް ބްރޭންޑްއެކެވެ. އަދި މިއީ ދުނިޔޭގައި ހުރި ހަމައެކަނި ބުރުގާ އަޅާ އަންހެނުންނަށް ޙާއްސަ ސްޕޯޓްސް ބްރޭންޑްއެވެ. ފިޓްނަސްއާ ގުޅޭ ކޮންމެ ކަމަކަށްވެސް ބޭނުންކުރެވޭގޮތަށް ޙާއްސަ ކޮށް ފަރުމާކުރެވިފައިވާ އެތައް ޙާއްސަ ސްޕޯޓްސް ވެއާއެއް މިލައިންގައި ހިމެނެއެވެ. މި ބްރޭންޑްއަކީ ރާއްޖޭގައި މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ އަންހެނުންގެ ބާރުވެރިކަމަށް ހިއްވަރުދޭ ބްރޭންޑްއެކެވެ.

ބުރުކީނީއަކީ ކޮބާ؟

We have launched Burkini for the first time in Maldives.
https://newedition.mv/product-category/fd-sports/burkini/
FD...

Posted by FD Sports Maldives on Monday, 11 January 2021

ބުރުކީނީއަކީ ބުރުގާއަޅާ އަންހެނުންނަށް ހާއްސަ މޫދަށްދާ ހެދުމެކެވެ، ނުވަތަ އާންމު ބަހުންނަމަ ބުރުގާއަޅާ އަންހެނުންގެ ސްވިމް ސޫޓެކެވެ. ދިކުގޮށް ގައިގެ ބައްޓަން ނޭންގޭނެހެން ފަރުމާކޮށްފައިވާ މިސްވިމްވެއާއަކީ ފެޝަން ޑިޒައިންއަށް ނަލަ ހެދުމެއްހެން ފަރުމާކޮށްފައިވާ ހެދުމެކެވެ. އަދި މޫދަށް އެރުމުން ގަޔަށް ފަސޭހަ އަދި ބައްޓަން ނޭންގޭނެހެން ހަދާފައިވާ ހެދުމެކެވެ. ބުރުކީނީ އަކީ ބޭރުގައުމުތަކުގައި ސްވިމިޕް ޕޫލަށް އެރޭއިރު ސްވިމް ވެއާ ތުރުކުރަން މަޖުބޫރުވާހިންދު ބުރުގާ އަޅާ ކަންބަލުން ޕޫލަށް އެރޭއިރު ތުރުކުރެވޭނެ ހެދުމެކެވެ.

އެފްޑީ ސްޕޯޓްސްއިންވަނީ ގިނަބައެއްގެ ލޯބި ކުޑަ ދުވަސްކޮޅެއްތެރޭ ހޯދާފައެވެ. ގިނަ އަދަދެއްގެ ކަންބަލުންވަނީ ސޯޝަލް މީޑިއާގައި އެފްޑީ ސްޕޯޓްސް އަށް ތައުރީފުކޮށް އެތައް ސްޓޯރީއެއް ޝެއާކޮށްފައެވެ. މީގެތެރޭގައި މައްޝޫރު ފިޓްނަސް އިންސްޓްރަކްޓަރުންނާއި މޭކަޕް އާޓިސްޓުންނާއި ފަންނާނުން ހިމެނެއެވެ. އަދި އެންމެ ފާހަގަކޮށްލެވެނީ، ބުރުގާ އަޅާ ބޭފުޅުންނާ ނާޅާ ބޭފުޅުންވެސް އެފްޑީ ސްޕޯޓްސް ޕްރޮޑަކްޓްތައް ބޭނުންކުރަނމުންދާކަމެއްވެ. މިބްރޭންޑް ޙާއްސަވަނީ ހުރިހާ އަންހެން ކަންބަލުންނަށެވެ.

We have launched Burkini for the first time in Maldives.
https://newedition.mv/product-category/fd-sports/burkini/
FD...

Posted by FD Sports Maldives on Monday, 11 January 2021

އެފްޑީ ސްޕޯޓްސް ބުރުކީނީ ލައިން ޑިޒައިންތައް ވަރަށް ޙާއްސަ

މޫދަށްދާއިރު ސްވިމްވެއާއަށް ޙިޔާރުކުރައްވާއިރު ގިނަ މީހުން ހަރަކާތްތެރިވުމުގައި ބަލާނީ ގަޔަށް ފަސޭހަ އަދި ގައިގަ ތަތްނުލަވާގޮތަށް ހުންނަ ހެދުމަށެވެ. އަދި ވަރަށް ގިނަ މީހުން ހެދުމުގެ ކުލައަށާއި ޑިޒައިނަށްވެސް ބަލައެވެ. މި ހުރިހާ ކަންތަކަށް އެފްޑީ ސްޕޯރޓްސްގެ ބުރުކީނީ ލައިން ޙާއްސަވެއެވެ. މި ލައިން އުފެއްދުމަށާއި ފަރުމާކުރެއްވުމަށް ބޭނުންކުރެވިފައިވަނީ ގިނަ ދުވަހަށް ހަލާކު ނުވާ ޙާއްސަ އަދި އެހާމެ ލުއި ފޮއްޗަކުންނެވެ.

We have launched Burkini for the first time in Maldives.
https://newedition.mv/product-category/fd-sports/burkini/
FD...

Posted by FD Sports Maldives on Monday, 11 January 2021

މި ލައިންގެ ހުރިހާ ސްޕޯރޓްސް ވެއަރގައި ބޭނުންކޮށްފައިވާ ފޮތިތައް ތަފާތުވާނެއެވެ، އަދި މިފޮއްޗަކީ އަވަހަށް ހިކޭ އަދި އަވިންވެސް ރައްކާތެރިކޮށްދޭގޮތަށް ފަރުމާކުރެވިފައިވާ ފޮއްޗެކެވެ. ވީމާ ހަމުގެ ސިއްޙަތުގެ ދުޅަހެޔޮކަން ރައްކާތެރި ކުރުމަށް މި ފޮތިން އެޙީތެރިވެދެއެވެ. މި ފޮއްޗަކީ ދިވެހިންގެ ނާޒުކު ހަންގަނޑު ރައްކާތެރިކުރުމަށް އެހީވެދޭ ޙާއްސަ ފޮއްޗެކެވެ.

އޮންލައިން ކޮށް އޯރޑަރ ކުރުމަށް 7362727، 7483120 އަށް ގުޅާލައިގެން ނުވަތަ ވައިބަރ ކޮށްލައިގެނވެއސް އޯޑަރު ކޮށްލެވޭނެއެވެ. އެފްޑީ ސްޕޯޓްސް ހުންނާނީ މަޖިލިސް ފުރަގަސް ކުރީގެ އަލޯރާ ފަރުނީޗަރ ކުރިމަތީގައިއެވެ. އަދި ނިއު އެޑިޝަންގެ ވެބްސައިޓް .www.newedition.mv އިންވެސް އެޕްޑީ ސްޕޯޓްސްގެ ހުރިހާވައްތަރެއް އޯޑަރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޝައިނާޒ

    ސޯ ކިއުޓް! ދާނަން ފިހާރައަށް

    4
    13
  2. ރިޝޫ

    ހާދަ ރީއްޗޭ ވ!
    އައި ލަވް ދިސް

    4
    11
  3. ޢަދިވެސް

    އަދިވެސް ހެދުމުގެ ފަސްބައި ކަކުލާ ހަމަޔަށް ދިގުކޮށްލީމާ ވަރަށް ޗާލުވެފަ ބޭނުންތެރިވާނެކަމަށް ދެކެން

    12
    4
  4. ޯޕީޕީ

    ހީވަނީ ހަވީރު ހެދުމެއްހެން ޗާލު ވރަށްވެސް

    4
    12
  5. ކިޔުންތެރިޔާ

    ތިޔައީ ސުވިމިން އަބާޔާ، ބައްޓަން ނޭނގޭނެހެން ހީވަނީ ސައިޒް ދިމާކޮށްގެން ގަނެލީމަ ލޮލް ލޮލް