ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ ބޯޑު އެކުލަވާލައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ބޭފުޅަށް ކުރިން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ ހަމަޖައްސައިފިއެވެ.

"ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައި ވަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ.

އެ ފޯންގެ ޗެއަރމަންއަކަށް ހަމަޖައްސާފައިވަނީ އަބްދުއްލަތީފް ގާސިމްއެވެ. އަދި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މުހައްމަދު ފިރުޒުލްއާއި، މުހައްމަދު ޝަފާއު ހުސައިން، ހުސައިން ޝާމިން އަދި އަބްދުﷲ ވަހީދު ތިބެެއެވެ.

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އުފެއްދެވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުންވެސް ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގާދިރު

    މިނޫން ބަޔަކު ނެތީތަ؟ މީ ދައުލަތަށް ބަލަދު އަރާ ބަޔަކީތަ؟

    12
    1
  2. އަބްދޫ

    ކުންފުންޏެއް ހެދީ ވަޒިފާ އަށް ބައި އަލަންވެގެން. އެއީ ގައުމަށް ލިބުނު ގެއްލުމެއް. ސަބަބކީ އާކުންފުންނެއްހެދުމުން ހަރަދު އިތުރު ވެގެންދާނެތިއާއި ރިޖަނަލް އެއަޕޯޓްތަކަކީ އަދި ފައިދާ ވަމުންދާ ތަންތަނަށް ނުވާކަން، މިކުންފުނީގެ ސަބަބުން ދަވްލަތުގެ ބަޖެޓަށް އިތުރަށް ބާރު ބޮޑުވެ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެ. މިހާރު ގައުމުގެ އާމްދަނީ މަދުވެ ހުއްޓުމަކަށް އަންނަހިސާބަށް ގައުމުދާއިރު ކުންފުންޏާއި އިތުރު މަގާމަ އުފެއްދުމަކީ ގައުމަށް ގެއްލުންހުރިކަންކަން.

    3
    1
  3. ޝެލަރީ

    މިއޮތީ ބަލަދުއަރާފަ މީދެން ބޮޑުބަރެއް ފޭލިވީމަވެސް ހަމަ މިމީހާ

    5
    1
  4. ރަދީފް ހުސެން

    އުޑެއް ބުޑެއް ނޭގުނަސް މޑޕ އައް ވާރުތަވެ ފަ ތިބިބަޔަކު މިހާރު މޑ އައްނުލައި ފިއްޔާ މާދަމާ މުޒާހަރާކުރަން ނުކުންނައިރު އެތަންދައްކާނެ

    5
    1
  5. ހަނިމާދޫގެ ދަރިއެއް

    ތިޔަރާވަނީ ސަރަހައްދީ އެއާޕޯޓްތައް ބޭރުގެ ފަރާތްތަކާ ޙަވާލުކުރާން ކޮންމެހެން އިޑިޔާއެކޭ ބުނާކައްނެތިން އެދުވަހަކުން މިކޮމެންޓްމަތިން ޤައުމަށް އެޔޮއެދޭ ރައްޔިތުން ހަނދާންކުރާނެ. އެއުޅެނީ ވަރައްނުބައި ކުޅިއެއް ކުޅެން.

    4
    1
  6. މަތިލުއި

    ބަލައަޑެއނާހަންތަ ވިހިވިހީ ވިހި އެކާވިސްވަނައަނހަރު ސިޔާސީމަޤާމްތަކުގެ ޢަދަދު އެންމެހާހަހަކައްވުރެ މައްޗައްދާނެވާހަކައެއް އެހެންވީމަ އަދިހަޔްރާރާންވާވަރެއް ނުވޭނު ސިޔާސީމަގާމްތަކުގެ އަދަދު އަދި ސަތޭކައަކައްނާރައެއްނު މަތިބަރުވެގެންއުޅޭކައް