ރާއްޖޭގެ ރިސޯޓްތަކުގެ އަގުބޮޑުވެގެން އެކަން މީގެ ކުރިން ވެސް ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަން މިކަމަށް ލިބިފައި ވެއެވެ. މިފަހަރު މިއޮތީ ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގައި އެންމެ ރެއެއް ހޭދަކޮށްލަން 80000 އެމެރިކާ ޑޮލަރު ނުވަތަ 1.2 މިލިއަން ރުފިޔާ ދައްކަން ޖެހޭތީ އެކަން "ސީއެންއެން" ގެ ސަމާލުކަމަށް އައިސްފައެވެ.

"ސީއެންއެން" އިން ބުނާ ގޮތުގައި އިތާފުށި ވެގެން ދާނީ އެއްކޮށް އަމިއްލަ ކޮށްލައިގެން ޗުއްޓީ ހޭދަކޮށްލެވޭނެ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓަށެވެ.

މިރިސޯޓްގައި ތިން އިމާރާތެއްގައެވެ. އެއްްފަހަރާ 24 ފަތުރުވެރިންނަށް ހިދުމަތް ދެއެވެ. އެއީ ދެކޮޓަރީގެ ވޯޓާިލާ އާއި ތިން ކޮޓަރީގެ ބީޗް ވިލާ އާއި ހަތަރު ކޮޓަރީގެ ރެސިޑެންސް އިންނެވެ. ކޮންމެ އިމާރާތެއްގައި ވެސް ސްވިމިން ޕޫލެއް އޮންނާނެއެވެ. އޭގެ އިތުރުން ޖަކޫޒީ ބަހައްޓައި، ބޭނުން ހުރިހާ ޚިދުމަތެއް ކޮޓަރީގައި އޮވެގެން ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ހިލްޓަން އޭޝިއާ ޕެސިފިކް އިން މެނޭޖް ކުރާ މިރިސޯޓަކީ ފަތުރުވެރިޔާ ބޭނުންވާ ހުރިހާ ޚިދުމަތެއް އެންމެ ފުރިހަމައަށް ފޯރުކޮށްދޭނެ ރިސޯޓެއް ކަމަށް އެކުންފުނިން ބުނެއެވެ.

މިރިސޯޓްގެ އެންމެ ހާއްސަ އަނެއް ކަމަކީ 10 ވައްތަރެއްގެ ތަފާތު ރެސްޓޯރަންޓްތަކުން ކެއުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބިގެން ދާނެތީއެވެ.

އިތާފުއްޓަކީ މާލެ އިން ފުރައިގެން 40 މިނެޓްގެ ލޯންޗް ދަތުރެއް ކޮށްފައި ދެވޭ ހިސާބުގައި އޮންނަ ރިސޯޓެކެވެ. މިރިސޯޓަށް އެއާޓެކްސީގައި ދާން ބޭނުންވާ ފަތުރުވެރިންނަށް އެފުރުސަތު ވެސް އޮވެއެވެ.

މީގެ ދޮޅުއަހަރު ކުރިން ހުޅުވި އިތާފުށިން އަގުބޮޑުކޮށް ރޫމްތައް ވިއްކަން ފެށީ މިއަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޭރެނީއޭ

    ރިސޯޓްތަކުގައި ކޮވިޑް ކްލަސްޓާތައް ބޮޑުވުމުގައި އިހުމާލުތަކެއް ހުރި ކަމަށް ތަމެން ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ކިއެއްވެތޭ ރިސޯރޓްސް ތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ ވަސީލަތް ތައް ކޮންމެ ރިސޯރޓެއްގެ ކްލިނިކް ގައި ގާއިމް ނުކުރަނީ މިއިން އެގިގެން ދަނީ ސަރުކާރުގެ ބޮޑުންނާއި ކޮވިޑަށް ޓެސްޓް ކުރާ މެޝިންސް ތައް ގަނެގެން ގެނެސްގެން އުޅޭ މީހުންނާއި އެކު އަންޑަރވޯލްޑް ގުޅުމެއް ބާއްވައިގެން ކޮންމެ މީހެއްގެ އަތުން 1000 ރުފިޔާ ފޭރެނީއޭ...

    23
    3